logoEN
cocacola
ޕީއެސްޖީ އިން ލީގު ޗެމްޕިއަންކަން 11 ވަނަ ފަހަރަށް ހޯދައިފި!

ޕީއެސްޖީ އިން ލީގު ޗެމްޕިއަންކަން 11 ވަނަ ފަހަރަށް ހޯދައިފި!

ހަސަން ޝަމްއޫން

logo

5/28/2023, 5:45:46 AM

IMG_20230528_054456

ފުރާންސް ލީގުގެ ރޭ ރަށުން ބޭރުގައި ސްޓްރަސްބާގް ވާދަކުރި މެޗުގެ 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށް ޕީއެސްޖީ އިން 11 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިފި އެވެ.

ގޮސިޔާ

ރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައި ވަނީ ސްޓްރަސްބާގް އިންނެވެ. ނަމަވެސް ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މި މެޗު އެއްވަރުކޮށްލައިގެން ވެސް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އޮތް ޕީއެސްޖީ އިން ވަނީ ދެވަނަ ހާފުގައި އެޓީމުގެ އެޓޭކުތަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި އެޓީމުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ އެވެ. މިއީ އެޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ މިސީޒަނުގައި ލީގުގައި މެސީ ކާމިޔާބުކުރި 16 ވަނަ ލަނޑެވެ.

ސްޓްރަސްބާގް އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެވިން ގަމެއިރޯ އެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 37 މެޗުން ޕީއެސްޖީއަށް 85 ޕޮއިންޓް ލިބިފައިވާއިރު، ދެވަނަގައި އޮތް ލެންސް އަށް 37 މެޗު ކުޅެގެން ލިބިފައިވަނީ 81 ޕޮއިންޓެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ