logoEN
Sto top
ޗެމްޕިއަން ޓީމަށް 50,000 ރުފިޔާ ލިބޭ ފުޓުބޯޅަ މުބާރާތެއް ތިނަދޫގައި ބާއްވަނީ

ޗެމްޕިއަން ޓީމަށް 50,000 ރުފިޔާ ލިބޭ ފުޓުބޯޅަ މުބާރާތެއް ތިނަދޫގައި ބާއްވަނީ

އަހުމަދު ޝުރާއު

logo

2/22/2021, 9:00:17 AM

12113267_529245713894269_8536075716569847734_o

ތިނަދޫ ޔޫތް ފުޓްބޯލް ކްލަބްއާއި ސްޕޯޓްސް ކްލަބް ޔުނީކް ގުޅިގެން ގދ ތިނަދޫގައި ބޮޑު ފުޓްބޯޯޅަ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

Wamco

މި މުބާރާތް ބާއްވާން ތައްޔާރުވަމުން އަންނަކަން އިއުލާން ކޮށްފައިވަނީ ތިނަދޫ ޔޫތް ފުޓްބޯލް ކްލަބްގެ ޕާޓްނަރުންނާއި އެކު ސޮއި ކުރުމަށް ރޭ ތިނަދޫގައި ހުންނަ ޒިމަމަން ރެސްޓޯރެންޓުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެވެ.

ތިނަދޫ ޔޫތް ފުޓްބޯޅަ ކްލަބްގެ ފައުންޑިންގ މެމްބަރެއް ކަމުގައިވާ މުހައްމަދު އަހުމަދު " ގާފު " އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި މިއަހަރުގެ ބޮޮޑު ޗުއްޓީއާއި ދިމާކޮށް ތިނަދޫގައި ބޮޑު ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފައި އެވެ. އަދި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ދިނުމަށް ނިންމާފައިވާ ކަމަށާއި މި މުބާރާތަކީ މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މުބާރާތެއް ކަމަށްވެސް ވިދާޅުވި އެވެ.

މުހައްމަދު އިތުރަށް ވިދާޅުވިގޮތުގައި މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނި ސްޕޯޓްސް ކްލަބް ޔުނީކް އާއި ގުޅިގެންނެވެ. އަދި މި މުބާރާތް މިއަހަރުގެ މެދުތެރޭގައި ރަސްމީކޮށް އިއުލާން ކުރަން ނިންމާފައިވާ ކަމަށާއި މި މުބާރާތުގައި ހުވަދު އަތޮޅުގެ ރަށްތަކުންވެސް ޓީމްތަށް ބައިވެރިކުރުމުގެ ފުރުސަތު އޮންނާކަން ވެސް މުހައްމަދު ވިދާޅުވިއެވެ.

ތިނަދޫ ޔޫތް ފުޓްބޯޅަ ކުލަބް ނުވަތަ ޓީވައިއެފްސީ އަކީ ތިނަދޫގައި ފުޓްބޯޅަ ކުރިއެރުމުގެ މަގްސަދުގައި 2018 ވަނަ އަހަރު އުފަންވި ފުޓްބޯޅަ ކްލަބެކެވެ. ޓީވައިއެފްސީއިން ވަނީ މީގެ ކުރިން ތިނަދޫގައި ކުޑަކުދިންނަށް ފުޓްބޯޅަ ޓްރެއިނިން ދިނުމުގެ އެކަޑަމީ ޕްރޮގްރާމްތަކެއްވެސް ކުރިޔަށް ގެންގޮސްފައި އެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މި ޖަމިއްޔާއިން ވަނީ ތިނަދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ގުޅިގެން ތިނަދޫގައި އަންހެން ފުޓްސަލް މުބާރާތެއްވެސް ކާމިޔާބު ކަމާއި އެކު ކުރިޔަށް ގެންގޮސްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside