![ނިލަންދޫ ދާއިރާގެ މެމްބަރު އެމްޑީޕީއަށް ސޮއި ކުރައްވައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F05%2FFxHqgAoaYAAPgaT.jpg&w=3840&q=75)
Nilandhoo Member Sign MDP
ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުޙުސިން ހަމީދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހުސިން ހަމީދު އެމްޑީޕީއަށް ސޮއިކުރައްވާފައިވަނީ މިހާރު ރައީސް ސޯލިހު ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ނިލަންދޫއަށް ވަޑައިގަތުމުން އެރަށުގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ.
ނިލަންދޫ ދާއިރާގެ މެމްބަރާއެކު 60 އަށްވުރެ ގިނަ މީހުން އެރަށުން މިއަދު އެމްޑީޕީއަށް ސޮއިކޮށްފައިވެއެވެ. އޭގެ ތެރޭގައި މެމްބަރުގެ އާއިލާގެ 10 މެމްބަރުންވެސް ހިމެނެއެވެ.
ނިލަންދޫ ދާއިރާގެ މެމްބަރު މިއަދު އެމްޑީޕީއަށް ސޮއިކުރެއްވުމުން މަޖިލީހުގެ އެމްޑީޕީ މެމްބަރުންގެ އަދަދަކީ 56 އެވެ.
ނިލަންދޫ ދާއިރާގެ މެމްބަރާއެކު މަޖިލީހުގެ މި ދައުރުގެ ތެރޭގައި އެމްޑީޕީއަށް އަލަށް ތިން މެމްބަރަކު ގުޅިވަޑައިގެންފައިވެއެވެ. އެއީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދެވެ. އަދި މަޖިލީހުގެ ދެ މެމްބަރެއްގެ ގޮނޑި ހުސްވުމުން ބޭއްވި ދެ ބައި އިލެކްޝަނެއް ވެސް އެމްޑީޕީ ވަނީ ކާމިޔާބުކޮށްފައެވެ.
އެމްޑީޕީގެ ތެރޭގައި ފެކްޝަން އުފެދި، ބައިބައިވުން އުފެދި 12 މެމްބަރަކު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. އަދި އެމެމްބަރުން އިސްވެ ތިއްބަވައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ހުއްދަ ހޯދައި އެޕާޓީ އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.