logoEN
cocacola
ރާއްޖޭގައި ފުރަތަމަ ފަހަރަށް "މަގު ހުރަސް ބައްތި" ބޭނުންކުރަން ފަށައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް "މަގު ހުރަސް ބައްތި" ބޭނުންކުރަން ފަށައިފި

އައިޝަތު އިފާޝާ

logo

5/27/2023, 5:30:52 AM

Magu Huras Bahthi

ރާއްޖޭގައި މުޅިން އަލަށް "މަގު ހުރަސް ބައްތި" ހުޅުމާލޭގައި ބަހައްޓައި ބޭނުންކުރަން ފަށައިފިއެވެ.

ގޮސިޔާ

މަގު ހުރަސް ބައްތި އިފްތިތާހުކޮށްދެއްވީ އިއްޔެ އެކަމަށްޓަކައި ބޭއްވި ޚާއްސަ ހަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

އާބަންކޯއިން ބުނީ، މަގުހުރަސް ބައްތި ބެހެއްޓުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކާއި، އަދި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމް ކޮށްދިނުމަށް ކަމަށެވެ.

މިގޮތުން މިފަހަރު 9 ސަރަހައްދެއްގައި މަގުހުރަސް ބައްތި ހަރު ކުރުމަށް ހަމަޖެހިފައިވާއިރު، އާއްމުން އެންމެ ގިނައިން ބޭނުން ކުރާ ކަފި ހުރަސްތައް އަދި މަގު ހުރަސް ކުރުމަށް ބޭނުންކުރާ ސަރަހައްދުތައް ދެނެގަނެ މި ތަންތަނަށް އިސްކަން ދެވޭނެއެވެ.

ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީގައި 1 ލައިޓް އަދި ހިޔާ ސަރަހައްދުގައި 1 ލައިޓް އިއްޔެއިން ފެށިގެން ބޭނުން ކުރެވިގެން ދާނެއެވެ.

މީގެ ކޮންމެ ލައިޓެއްގައި ވެސް ހުންނަ ބަޓަނަށް ފިތާލުމުން އަމަލުކުރަންވީ ގޮތުގެ އިންޑިކޭޝަން ފެނިގެންދާނެއެވެ. އެގޮތުން ރަތް ބޮކީގައި މަޑުކުރަން، އަދި ހިނގައިގަންނަންވީމައި އޭގެއިން ބުނެދޭނެއެވެ. އެ ބަޓަން އަށް ފިތާލުމުން ކަނޑައެޅިފައިވާ ވަކި ވަގުތެއްގެ ތެރޭގައި ހުރަސްކުރަން އިންޑިކޭޓް ކުރާއިރު، ހުރަސްކުރުމަށް ވެސް ވަކި ވަގުތެއް ލިބިގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ