
FxEVBelaQAERpwu
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޓިކެޓް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް އަށް ރިޔާސީ ޓިކެޓް އަރުވައިފި އެވެ.

ނާޒިމް އަށް ރިޔާސީ ޓިކެޓް އަރުވާފައިވަނީ، އެމްއެންޕީ އިން މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޙާއްސަ ޖަލްސާއެއްގައެވެ.
އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް އަށް އެޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށްފަހު ރިޔާސީ ކެމްޕެއިން ލޯގޯ އާއި ޝިއާރު އަދި ރަސްމީ ލަވަ ވަނީ ލޯންޗުކޮށްފައެވެ. ނާޒިމްގެ ރިޔާސީ ޝިއާރަަކަށް ކަނޑައަޅާފައިވަނީ "އުޖާލާ ޒަމާން" އެވެ. އަދި ކެމްޕެއިން ލޯގޯގައި ބޭނުންކުރަނީ "ނާޒިމް 2023" އެވެ.
އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް އެޕާޓީގެ ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވީ އެޕާޓީން ހުޅުވާލި ރިޔާސީ ޕްރައިމަރީއަށް އިތުރު އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައިނުވާތީ، އިންތިހާބަކާ ނުލައެވެ.