logoEN
cocacola
"ރޯޑް ސޭފްޓީ ވީކް" ފާހަގަކުރުމަށް ހުޅުމާލޭގައި ހިނގާލުމެއް ބާއްވައިފި

"ރޯޑް ސޭފްޓީ ވީކް" ފާހަގަކުރުމަށް ހުޅުމާލޭގައި ހިނގާލުމެއް ބާއްވައިފި

އައިޝަތު އިފާޝާ

logo

5/26/2023, 9:20:04 PM

Road Safety Week

ކޮންމެ އަހަރަކުވެސް ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ "ރޯޑް ސޭފްޓީ ވީކް" ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ޚާއްސަ ހިނގާލުމެއް ބާއްވައިފިއެވެ.

ގޮސިޔާ

މި ހިނގާލުމަކީ ހުޅުމާލެ ހޮސްޕިޓަލާއި، އެޗްޑީސީއާއި، ފުލުހުންނާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި އެމްޓީސީސީގެ އިތުރުން ސަރުކާރުގެ އެހެން ބައެއް މުއްސަސާތައްވެސް ބައިވެރިވެގެން ބޭއްވި ހަރަކާތެކެވެ. މި ހިނގާލުން ކުރިއަށްދިޔައީ މިއަދު ހަވީރު ސިންތެޓިކް ސަރަޙައްދުން ފެށިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިޔާ ފްލެޓްތައް ހިމެނޭ ސަރަޙައްދާއި ހަމައަށެވެ.

މި ހަރަކާތާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ހުޅުމާލޭ ހޮސްޕިޓަލްގެ ކޮމިއުނިޓީ ހެލްތް ކޯޑިނޭޓަރ އަންޤީލާ ނަސީރު ވިދާޅުވީ، މި ހަރަކާތުގެ ތެރެއިން މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓް ހިނގުމަށް މެދުވެރިވާ ސަބަބުތަކާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާމެދު އާއްމުން ހޭލުންތެރިކުރުމަށް ބޭނުންވާ ތަފާތު މަޢުލޫމާތުތައް ފޯރުކޮށްދީފައިވާކަމަށެވެ.

އެގޮތުން މި ހިނގާލުމުގައި 700 އާއި ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވެފައިވާކަމަށާއި، ހިނގާލުމުގެ ބައިވެރިން ރޯޑް ސޭފްޓީއާގުޅޭ ތަފާތު ޝިއާރުތަކާއި މެސެޖުތައް ލިޔެފައިވާ ބޯޑާއި ބެނާތައް ބޭނުންކޮށްފައިވާކަން އަންޤީލާ ފާހަގަކުރެއްވިއެވެ. މި ހިނގާލުމުގެ ތެރެއިން ކުޅެފައިވާ އެކްސިޑެންޓް ސީންތަކެއްވެސް އާއްމުންނަށް ދައްކާލާ، ހޭލުންތެރިކުރުމުގެ މަޢުލޫމާތުތައް ވަނީ ފޯރުކޮށްދީފައެވެ.

މި އަހަރުގެ ރޯޑް ސޭފްޓީ ވީކްގެ ޝިއާރަކީ "ރީތިންކް މޮބިލިޓީ" އެވެ. މި ޝިއާރުން ރަމްޒުކޮށްދެނީ ހިނގާބިނގާވެ އުޅުމާއި، ސައިކަލް ދުއްވުމާއި، ޕަބްލިކް ޓްރާންސްޕޯޓަކީ ރައްކާތެރި އަދި ފަސޭހަކަމަކަށް ހެދުން ޕްރޮމޯޓްކުރުމެވެ.

ފަހަކަށް އައިސް ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޑްތައް ހިނގާ މިންވަރު ދަނީ އިތުރުވަމުއްނެއެވެ. އެހެންކަމުން މަގުމައްޗަކީ ރައްކާތެރި ތަނަކަށް ހެދުމަށާއި، އެކްސިޑެންޓްތައް މަދު ކުރުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ފުލުހުންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ