logoEN
cocacola
ނައީމާ މަރާލަން ބޭނުންކުރި ހަތިޔާރުތައް ހޯދައިފި

ނައީމާ މަރާލަން ބޭނުންކުރި ހަތިޔާރުތައް ހޯދައިފި

Naeema Moosa

ނައީމާ މޫސާ މަރާލަން ބޭނުންކުރި ހަތިޔާރުތައް ފުލުހުން ހޯދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ނ. މަނަދޫގައި މަރާލާފައި އޮއްވާ މިދިޔަ އެޕްރީލް މަހުގެ 7 ވަނަ ދުވަހު ފެނުނު އެރަށު އަންނާރުމާގޭ ނައީމާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އެރަށުގައި ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމައްސަލައިގެ މައުލޫމާތު ހިއްސާކުރަމުން ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެނެސްފައިވާ ކަމަށެވެ. އަދި މައްސަަލައިގެ ތަހުގީގަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސް ކުރަމުންދާ ކަމަށެވެ.

އަދި ނައީމާ މޫސާ މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ތޫނު 2 ހަތިޔާރު އަދި ހަމަލާދިންވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވާތަން ކޮނެ އެތަކެތި ފުލުހުން ނަގާފައިވާ ކަމަށް ސީޕީ ހަމީދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ސީޕީ ހަމީދު ކުރެއްވި ޓުވީޓުގައި ވަނީ، މަރުގެ މައްސަލަ ތަޙްޤީޤު ކުރުމުގެ ތަޖުތިބާކާރު، އިންސްޕެކްޓަރ މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން، މިމަރުގެ ހަޤީޤަތް ހޯދާ އިންސާފު ޤާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަޚްރުވެރިކަމާއެކު ފާހަގަކޮށްފައެވެ.

އިތުރު ތަފްސީލު އަންނަނީ...

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ