logoEN
cocacola
ޝާހިދު، ރިފްއަތު އަދި އީވާ ވަކިކުރުމުގެ މައްސަލަތައް އެޖެންޑާކޮށްފި

ޝާހިދު، ރިފްއަތު އަދި އީވާ ވަކިކުރުމުގެ މައްސަލަތައް އެޖެންޑާކޮށްފި

އަލްފާ އަލީ

logo

5/25/2023, 8:18:13 PM

SHAHID,RIFFAT,EVA

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲގެ އިތުބާރުނެތްކަމުގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހަށް އެޖެންޑާ ކޮށްފި އެވެ.

ގޮސިޔާ

ރައްޔިތުންގެ މަޖިލީހުން އޭޖީ ރިފްއަތުގެ އިތުބާރުނެތް ކަމުގެ މައްސަލަ ތާވަލުކޮށްފައިވަނީ އަންނަ ހަފްތާގެ ބުދަ ދުވަހަށެވެ.

ފޮރިން މިނިސްޓަރ ޝާހިދުގެ މައްސަލަ އަންނަ މަހުގެ 6ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، އީވާގެ މައްސަލަ ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 11ވަނަ ދުވަހަށެވެ.

މަޖިލީހުގެ ނައިބު ރައީސް އިވާ، އެމްޑީޕީން ވަކިވެވަޑައިގެން "ދަ ޑިމޮކްރެޓްސް" ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަން ފެއްޓެވުމާއެކު، އެމްޑީޕީގެ 50 މެމްބަރުންގެ ސޮޔާއެކު އިވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

ޝާހިދާއި، ރިފްއަތުގެ މައްސަލަ ހުށަހަޅާފައިވަނީ، ރާއްޖެއާއި ޗާގޯސް އާ ދެމެދު ފުށުއަރާ ކަނޑުގެ މައްސަލާގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލުވާލިކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނެވެ.

މަޖިލިޙުގެ ރައީސް، ނައިބު ރައީސް އަދި މިނިސްޓަރުންގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް މަޖިލީޙުގައި މިހާރު ހިމެނިވަޑައިގަންނަވާ 87 މެމްނަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓު ބޭނުންވާނެ އެވެ. މަޖިލީހުގައި މިހާރުވެސް ސަރުކާރަށް ތާއީދުކުރައްވާ 55 މެމްބަރަކު މަސައްކަތް ކުރައްވައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ