logoEN
ކޮކާކޯލާ
އިންޑިއާގެ އެހީ އަށް އިދިކޮޅުން އެދެފި

އިންޑިއާގެ އެހީ އަށް އިދިކޮޅުން އެދެފި

އަހުމަދު ޝުރާއު

logo

2/21/2021, 4:45:06 PM

EuvP_-zVIAM9Wtb

ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި ޑިމޮކްރަސީ ދެމެހެއްޓުމުގައި އިންޑިއާ އެހީތެރިވެދިނުމަށް، އިދިކޮޅު ކޯލިޝަންއިން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރް އަރިހުން އެދެފި އެވެ.

އަބުޅޯ

އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ވަނީ ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޔަޝަންކަރާ އިންޑިއާ ހައި ކޮމިޝަނުގައި ބައްދަލުކުރައްވާފައި އެވެ. މި ބައްދަލުވުން ކުރިޔަށް ގެންދެވީ އިދިކޮޅު ކޯލިޝަން ހިންގެވުމުގައި މި ވަގުތު އިސްކޮށް ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިސްކޮށް ހުންނަވައި އެވެ.

އަދި ޕީއެންސީގެ ނައިބު ރައީސުން ކަމަށްވާ މުހައްމަދު ހުސައިން ޝަރީފާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި ޕީޕީއެމްގެ ނައިބުން ކަމަށްވާ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދ ގައްސާން މައުމޫނާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ބައިވެރިވެ ވަޑައިގަތެވެ. ލީޑަޝިޕްގެ މި ބޭފުޅުންގެ އިތުރުން އެޑްވައިޒަރުން ކަމަށްވާ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ބައިވެރިވެ ވަޑައިގަތެވެ.

ޖަޔަޝަންކަރާ ބައްދަލުކުރެއްވުމަށްފަހު އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ނެރުއްވި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމް މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ދުވަހެއް ދުވަހަކަށް ބަލިކަށިވަމުންދާ ކަމަށާއި ރާއްޖޭގައި ދާހިލީ ހަމަޖެހުން އޮތުން އިންޑިއާ އަށް ވެސް މުހިންމުކަމަށްވުމާއި އެކު މި ސަރުކާރުގެ ހަރުކަށި އަމަލުތަކާމެދު އިންޑިއާ ފާރަވެރިވެ އޮތުމަށް މި ބައްދަލުވުމުގައި އެދިފައިވާނެ ކަމަށެވެ.

އަދި މަނީ ލޯންޑަރިންގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންސާނީ ހައްގުތައް ގެއްލެމުންދާ ކަމަށާއި ޖަލުގައި ހުންނަނީ ނުހައްގުން ކަމަށް ފާހަގަކޮށް އެ މައުލޫމާތު ޖަޔަޝަންކަރާ ހިއްސާކުރައްވާފައިވާނެކަންވެސް މި ބަޔާނުގައި ވެއެވެ. އަދި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ތަނަވަސްވެފައި ނުވާ ކަންވެސް އިންޑިއާގެ ސަމާލުކަމަށް ގެނެސްފައިވާކަންވެސް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ