logoEN
Sto top
އެކްސްކަވޭޓަރެއް ފުރޮޅާލައި އަނިޔާވި މީހަކު ނިޔާވެއްޖެ

އެކްސްކަވޭޓަރެއް ފުރޮޅާލައި އަނިޔާވި މީހަކު ނިޔާވެއްޖެ

އައިޝަތު އިފާޝާ

logo

5/25/2023, 11:02:37 AM

breaking ބްރޭކިންގް

ނ. މާފަރުގައި އެކްސްކަވޭޓަރެއް ބަންޑުން ޖަހާލައިގެން މީހަކު ނިޔާވެއްޖެއެވެ.

Wamco

މި ހާދިސާ ހިނގާފައިވަނީ މާފަރު އެއާޕޯޓު ރަންވޭގެ މަސައްކަތުގައި ބޭނުން ކުރަމުންދިޔަ އެކްސްކަވޭޓަރެއް ފުރޮޅާލައިގެންނެވެ.

ފުލުހުން ބުނީ މިހާދިސާގައި އަނިޔާވި މީހަކު މާފަރު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް މިއަދު 09:27 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި މިހާދިސާގައި ނިޔާވެފައިވަނީ އެކްސްކަވޭޓަރު ދުއްވި އިންޑިއާއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside