logoEN
cocacola
ތިނަދޫގައި ކަރަންޓީން އުސޫލާއި ހިލާފުވި ބަޔަކާއިމެދު ފިޔަވަޅު އަޅައިފި

ތިނަދޫގައި ކަރަންޓީން އުސޫލާއި ހިލާފުވި ބަޔަކާއިމެދު ފިޔަވަޅު އަޅައިފި

Admin

logo

2/21/2021, 2:10:43 PM

DCIM100MEDIADJI_0593.JPG

ފުވައްމަލަކުން ގދ ތިނަދޫ އަށް ދިޔަ ދެ މީހަކު ކަރަންޓީން އުސޫލާއި ހިލާފުވުމުގެ ސަބަބުން ފިޔަވަޅު އަޅައިފި އެވެ.

ގޮސިޔާ

ގދ ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދް " ގާފު " އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ފުވައްމުލަކުން ތިނަދޫއަށް ދަތުރުކުރި ބަޔަކާއި މެދު މިއަދު ވަނީ ފިޔަވަޅު އަޅާފައި އެވެ. އެގޮތުން ފުވައްމުލަކުގެ މުޖުތަމައުގެ ތެރެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން އެރަށް މޮނީޓަރިންގ ގެ ހާލަތުގައި އޮތްވާ އެރަށުން ތިނަދޫއަށް އައި ދެމީހުން ކަރަންޓީނަކާ ނުލާ ރަށުތެރޭގައި އުޅެފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށާއި މިހާރު އެމީހުން ކަރަންޓީން ކުރެވިފައިވާ ކަމަށް އަމްޖަދް މައުލޫމާތު ދެއްވި އެވެ.

މީގެ އިތުރުން އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެދެމީހުންނާއި ކޮންޓެކްޓް ވި ފަރާތްތަށްވެސް ކަރަންޓީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކަރަންޓީން ކުރުމަށް ހަމަޖެހިފައިވަނީ 10 ދުވަހަށް ކަމަށްވެސް އަމްޖަދް ވިދާޅުވި އެވެ.

އަމްޖަދް އިތުރަށް ވިދާޅުވިގޮތުގައި ތިނަދޫއަށް ފުވައްމަލަކުން އައި ދެ މީހުންނަކީ ތިނަދޫގައި އަންނަ އަންގާރަ ދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައިވާ އެސްޓީއޯ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނެމެންޓް 2021 ގައި ބައިވެރިވުމަށް ޓީމަކަށް އައި ދެކުޅުންތެރިންނެވެ. އަދި އެޓީމަކީ ސަރުކާރުގެ ކުންފުންޏަކަށް ނިސްބަތްވާ ޓީމެއް ކަމަށްވުމާއި އެކު އެ ކުންފުނި މިހާރު 5000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށްވެސް އަމްޖަދް ވިދާޅުވި އެވެ.

ފުވައްމުލަކު ސިޓީގެ މުޖުތަމައުގެ ތެރެއިން ކޮވިޑް-19 ވަނީ ފެނިފައި އެވެ. މިހާތަނަށް ބަލި ޖެހިގެން 28 މީހަކަށް ފަރުވާ ދެމުން އަންނައިރު، އެ ސިޓީން ބަލި ޖެހުނު 7 މީހަކު ވަނީ ރަނގަޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ