
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 284 މިލިއަން ރުފިޔާ ދޫކޮށްފި
income
ކޮވިޑް-19 އާއި ގުޅިގެން އާމްދަނީ އަށް އަސަރުކުރި ފަރާތްތަކަށް ހާއްސަކޮށް ސަރުކާރުން ދޭން ފެށި އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް 284 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 11 ވަނަ ދުވަހާ ހަމައަށް 18،199 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ވަނީ ދޫކޮށްފައެވެ. އަދި އެމީހުންނަށް ދޫކުރި އިންކަމް ސަޕޯޓް އެލަވަންސްގެ ޖުމްލަ 284.1 މިލިއަން ރުފިޔާ އަށް އަރާކަމަށް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ސަރުކާރުން ދޫކުރަމުން އަންނަނީ ވަޒީފާ ގެއްލުނު ފަރާތްތަކަށް 5000 ރުފިޔާއެވެ. އަދި މުސާރައިން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް 5000 ރުފިޔާ ނުލިބޭ ނަމަ އެ އަދަދު ހަމަވާ ވަރަށް ސަރުކާރުން އެފަރާތްތަކަށް ފައިސާގެ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.
އިންކަމް ސަޕޯޓު އެލަވަންސަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ޖޮބް ސެންޓަރެށެވެ.