
އަލްޝާލީ މެރިން ގައްދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ މީޑީއާ ޕާޓްނަރަކަށް ގާފު އޮންލައިން!
GMG_2384
އަލްޝާލީ މެރިން ގައްދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު އޮންލައިން ހަމަޖައްސައިފި އެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު އޮންލައިން ހަމަޖެއްސުމަށް މިއަދު ގާފު މީޑިއާ ގްރޫޕްގެ އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި، ގާފު މީޑިއާ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަހުމަދު އެވެ. އަދި ގައްދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް ރައީސް މުޙައްމަދު އަހުމަދު އެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު އޮންލައިން ހަމަޖެހިގެން ދިޔުމާއެކު، މި މުބާރާތާ ގުޅޭ އެންމެ ފަހުގެ ހަބަރުތައް އެންމެ ތާޒާކަމާއެކު މި ނޫހުގައި ގެނެސްދޭނެ އެވެ.
މިއީ ހުވަދުއަތޮޅުގެ ރައްޔިތުންނާއި ގައްދޫ ރައްޔިތުންނާއި ދެމެދުގައި އެކުވެރިކަން ބަދަހި ކުރުމަށާއި، ފުޓްސަލް ދިރުވައި ޢާލާކޮށް ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމަށާއި ސިއްޚީ ގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަޤުސަދުގައި ބާއްވާ މުބާރާތެއް ކަމަށް އެކައުންސިލުން ބުނެއެވެ. މިއަހަރުގެ މުބާރާތަކީ ކުރީ އަހަރުގެ މުބާރާތާއި ތަފާތު މުބާރާތަކަށް ވާނެ ކަމަށް އެކައުންސިލުން މައުލޫމާތު ދެއެވެ.
މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިރިހެން، އަންހެން އަދި ޖޫނިއަރ ޑިވިޝަން ހިމެނޭ ގޮތަށެވެ. ފިރިހެން ޑިވިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 18 އަހަރުން މަތީގެ ހުރިހާ އުމުރުފުރައަކަށް ހުޅުވާލެވިގެންނެވެ. އަންހެން ޑިވިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 13 އަހަރުން މަތީގެ ހުރިހާ އުމުރުފުރައަކަށް ހުޅުވާލެވިގެންނެވެ. އަދި ޖޫނިއަރ ޑިވިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 13 އަހަރާއި 17 އަހަރާއި ދެމެދުގެ އުމުރުފުރާއަށް ހުޅުވާލެވިގެންނެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތ ުޖޫން މަހުގެ އެއްވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު، މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހު 1 ވަނަ ދުވަހު އެވެ.
ގައްދޫ ކައުންސިލުން މިދިޔަ އަހަރު ބޭއްވި ފުޓްސަލް ޗެލެންޖަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.