logoEN
Sto top

IMG_0583

ކޮވިޑް-19 އަށް ފައްސިވެގެން ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯގެ މަންމަ މަރުވެއްޖެއެވެ.

Wamco

ފުޓްބޯޅަ ތާރިހުގައިވެސް "މެޖީޝިއަން' ގެ ނަމުން ނަންދެވިފައިވާ ބްރެޒިލްގެ ރޮނާލްޑީނިއޯ އަކީ މިހާތަނަށް ދުނިޔެ ދުށް އެންމެމޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަން ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އޭނާގެ ހުނަރު އެންމެ ފުރިހަމަ އަށް ފެނިގެން ދިޔައީ ބާސެލޯނާގައި ކުޅުނު ދުވަސްވަރުއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މަންމަ ޑޮނާ މިގުއެލީނާ މަރުވީ އުމުރުން 71 އަހަރުގައި އެވެ. ކޮވިޑް-19 އިން ދިފާއުވުމަށް ބްރެޒިލްގައި ވެސް މިހާރު ވަނީ ވެކްސިން ދޭން ފަށާފައެވެ. ނަމަވެސް އަދި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނަކަމަކަށް ތަފާސް ހިސާބުތަކަކުން ނުދައްކައެވެ.

ޑޮނާ މަރުވުމުން ވަރަށް ގިނަ ކުރީގެ ކުޅުންތެރިންނާއި ލެޖެންޑުން އަދި މިހާރުގެ ކުޅުންތެރިންނާއި ޓީމްތަކުގެ ވެރިންނާއި ކޯޗުން ވެސް ގެންދަނީ ރޮނާލްޑީނިއޯ އާއި އޭނާގެ އާއިލާ އަށް ތައުޒިއާ ފޮނުވަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside