ޕްރެމެޔާ ލީގު – އެވަޓަންއިން ލިވަޕޫލް ބަލިކޮށްފި

ޕްރެމެޔާ ލީގުގައި ރޭ އެވަޓަންއިން ލިވަޕޫލް ބަލިކޮށް  ލީގު ގެ ގަދަ ހަތަރަކަށް އެރުމުގެ އިތުރު ހުރަސްތަކެއް އެޓީމަށް ކުރިމަތިވެއްޖެއެވެ.

ލިވަޕޫލް ގެ ދަނޑުގައި  ކުޅުނު މިމެޗު ނިމިގެން ދިޔައީ 2-0 ނަތީޖާއަކުން އެވަޓަން ކުރީގައި އޮވެގެންނެވެ. މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި އެވަޓަން އަށް ލީޑުނަގައިދިނީ އެޓިމުގެ ތަރި ރިޗާލިސަން އެވެ. މިއީ އެ ޓީމުގެ މިޑްފިލްޑާރ ހަމޭސް ރޮޑްރިގޭޒް ދިން ބޯޅައަކުން ފޯވާޑް ރިޗާލިސަން ޖެހި ގޯލެކެވެ. ނަތީޖާ ހަމަަހަމަކުރަން ލިވަޕޫލްގެ ޖޯޑަން ހެންޑަސަން އާއި ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ޖެހި ބޯޅަތައް އެވަޓަންގެ އަދި އިނގިރޭސި ގައުމީ ޓީމުގެވެސް ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ. ފުރަތަމަ ހާފުގައި ލިވަޕޫލްގެ ކެޕްޓަން ހެންޑަސަން ވަނީ އަނިޔާވެ ބަދަލުކޮށްފައެވެ.

ދެވަނަ ހާފުގެ މެޗުގެ 83 ވަނަ މިނިޓްގައި ޑޮމިނިކް ކަލްވެޓް-ލެވިން އަށް އޭރިއާތެރެއިން ލިވަޕޫލްގެ އާނޯލްޑް ކުރި ފައުލަކަށް ރެފްރީން ދިން ޕެނަލްޓީ އަކުން ސިގަޑްސަން ވަނީ ގޯލެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްދީފައެވެ. އެ ޕެނަލްޓީ ދޭން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވެސް ބެލުމަށް ފަހު އެވެ.

އެހެން މެޗުތަކަށް ބަލާއިރު ލީގުގައި ރޭ ބާންލީ އާއި ވެސްޓް ބްރޮމްގެ މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ފުލަމް ވަނީ 1-0 ޝެފީލްޑް ޔުނައިޓެޑް ބަލިކޮށްފަ އެވެ

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް