logoEN
cocacola
އީލޯން މަސްކް ފަހަތަށް ޖައްސާލައި އެންމެ މުއްސަނދި މީހަކަށް ޖެފް ބޭޒޯސް

އީލޯން މަސްކް ފަހަތަށް ޖައްސާލައި އެންމެ މުއްސަނދި މީހަކަށް ޖެފް ބޭޒޯސް

އަހުމަދު ޝުރާއު

logo

2/21/2021, 10:00:36 AM

Qk2a2w83hp3k5ivBL6KXW

ޓެސްލާގެ ސީއީއޯ އީލޯން މަސްކް ފަހަތަށް ޖައްސާލައި ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަޤާމް އެމެޒޯންގެ ސީއީއޯ ޖެފް ބޭޒޯސް އަނެއްކާވެސް ހޯދައިފި އެވެ.

ގޮސިޔާ

ބޭޒޯސް މި މަޤާމް ހޯދާފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ހިއްސާގެ ބާޒާރުގައި ޓެސްލާ 2.4 އިންސައްތަ ތިރިއަށް ދިއުމާއި އެކު މަސްކްގެ ނެޓް ވޯތްއިން 3.9 ބިލިއަން ޑޮލަރު މަދުވުމުންނެވެ.

ޖެނުއަރީގައި ދުނިޔޭގެ އެންމެ މުއްސަނދި މީހަކަށް އީލޯން މަސްކް ވެގެންދިޔައީ 2017 ވަނަ އަހަރުން ފެށިގެން އެ މަޤާމް ހިފަހައްޓަމުން އަންނަ ޖެފް ބޭޒޯސް ފަހަތަށް ޖައްސާލުމަށްފަހުގައެވެ. އެހެންކަމުން މަސްކްއަށް ދުނިޔޭގެ އެންމެ މުއްސަނދީ މީހާގެ މަޤާމް ލިބުނުތާ މާގިނަ ދުވަހެއްނުވެ އޭނާ އަތުން މި މަޤާމް މިވަނީ ގެއްލިފައެވެ.

ޖެފް ބޭޒޯސްގެ މިލްކިއްޔާތުގެ ބޮޑު ބަޔަކީ އެމެޒޯން ސްޓޮކްއަށްވީއިރު ފާއިތުވެދިޔަ އަހަރުތަކުގައި ކުންފުނީގެ ހިއްސާގެ އަގާއެކު ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ބޭޒޯސް ވެގެންދިޔައީ 200 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ނެޓްވޯތް ހުރި އެންމެ ފުރަތަމަ މީހާއަށެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހާ ބެޒޯސް ވަނީ މިއަހަރުގެ ފަހުކޮޅު އެމެޒަންގެ ސީއީއޯގެ މަޤާމުން ދުރުވުމަށް ނިންމާފައެވެ. އޭނާ ވަނީ އެމެޒަން އޭންޑީ ޖެސީ އާ ހަވާލުކުރާނެކަމަށް މިމަހުގެ ކުރީކޮޅު އިއުލާންކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ