
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ތިނަދޫ ކުޅި ތަރައްޤީކުރުމަށް ހުވަދޫ ސްމިނިންގ ކްލަބަށް!
220839490_3143503979258819_2717540220025175816_n
ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ފުރަތަމަ ފޭސްގައި ހުށަހެޅުނު ޕްރޮޕޯސަލް ތަކުގެ ތެރެއިން ހޮވުނު ޕްރޮޕޯސަލް ތަކުގެ ތެރޭގައި ތިނަދޫ ކުޅި ތަރައްޤީކުރުމަށް ހުށަހެޅި ޕްރޮޕޯސަލް ހޮވިއްޖެ އެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ވަނީ ފުރަތަމަ ފޭސްގައި އެބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ 10 ޕްރޮޖެކްޓެއް ހޮވާފައެވެ. އޭގެ ތެރޭގައި ތިނަދޫ ކުޅި ތަރައްޤީކުރުމަށް ހުވަދޫ ސްވިމިންގ ކްލަބުން ހުށަހެޅި ޕްރޮޖެކްޓު ހިމެނެއެވެ.
މިއާއިއެކު ހުވަދޫ ސްވިމިންގ ކްލަބުން ތިނަދޫ ކުޅި ތަރައްޤީކުރުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްއަށް ފަންޑުކުރާނީ ބޭންކުގެ ކޮމިއުނިޓީ ފަންޑުންނެވެ.
މީގެ އިތުރުން މިއަހަރުގެ ފުރަތަމަ ފޭސްގައި ހޮވުނު އިތުރު 9 ޕްރޮޖެކްޓުވެސް މިއަދު އެބޭންކުން ވަނީ ހާމަކޮށްފައެވެ.
ހުވަދޫ ސްވިމިންގ ކުލަބަކީ ހުވަދޫ އަތޮޅުގައި ފެތުމުގެ ރޫހު އާލާކޮށް ކުޑަކުދިންނާއި ޒުވާނުން ފެތުމުގެ ދާއިރާއިން ތަމްރީނު ކުރުމުގެ އިތުރުން މޫދު ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ވިސްނުމުގައި 2021 އަހަރު އުފެދުނު ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން މިދިޔަ އަހަރާއި މިއަހަރުގެ ތެރޭގައި ވަނީ ހުވަދޫ އަތޮޅުގެ ގިނަ ރަށްތަކެއްގައި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުތަކާއި މޫދު ކަސްރަތު ޕްރޮގްރާމުތަށް ކުރިޔަށް ގެންގޮސް ކާމިޔާބު ކަމާއި އެކު ނިންމާލާފައި އެވެ.
އެޖައްމިޔާއިން އަންނަނީ ތިމާވެއްޓާއި ގުޅޭ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދަމުންނެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ އެ ޖަމިއްޔާއިން ފެށި " ތާހެރެކެރަމާ " ހަރަކާތެވެ.
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.
މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދެވިފައިވާ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.