logoEN
ކޮކާކޯލާ
ތިނަދޫގައި ވެޓަރެންސް ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

ތިނަދޫގައި ވެޓަރެންސް ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

އަހުމަދު ޝުރާއު

logo

2/21/2021, 9:15:38 AM

152365582_887801852051035_1247884240554665563_n

ކުރީގެ ފުޓްބޯޅަ ކުޅުނު އަދި މިހާރު ފުޓްބޯޅައިން ރިޓައަރ ކުރައްވާފައިވާ ކުޅުންތެރިންނަށް ހާއްސަ ކޮށްގެން ވެޓަރެންސް ފުޓްބޯޅަ މުބާރާތެއް ބާއްވަން ތިނަދޫ ޔޫތް ފުޓްބޯޅަ ކްލަބްއިން ނިންމައިފި އެވެ.

އަބުޅޯ

" އިއްސަން ކުޅުންތެރިންނަގެ މުބާރާތާ 2021 " ނަމުގައި ބާއްވާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. އަދި މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެވެ.

ތިނަދޫ ޔޫތް ފުޓްބޯޅަ ކްލަބްގެ އެއް ފައުންޑަރ މުހައްމަދު އަހުމަދު ހިލްމީ " ގާފު " އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި މި މުބާރާތަކީ 9 އަސައިޑް މުބާރާތެކެވެ. އަދި މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ރޯދަމަހު އެވެ.

އަހުމަދު އިތުރަށް ވިދާޅުވިގޮޮތުގައި މި މުބާރާތަކީ ކުރީގައި ފުޓްބޯޅަ ކުޅުނު ކުޅުންތެރިންނަށް މިހާރުވެސް ފުޓްބޯޅަ ކުޅެވޭނެ ޕްލެޓްފޯމެއް ހޯދައި ދިނުމުގެ މަގްސަދުގައި ބޭއްވޭ މުބާރާތެކެވެ. އަދި ޚާއްސަކޮށް ތިނަދޫއަކީ ފުޓްބޯޅައިގެ ކާމިޔާބު ތާރީހެއް އޮތް ރަށަކަށް ވުމާއި އެކު މިހާރުގެ ޒުވާނުންނަށް ކުރީގެ ކުޅުންތެރިންގެ ހުނަރު ދައްކާލުމަށްވެސް ލިބޭ ފުރުސަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ ތެރޭގައި އިއުލާން ކުރުމަށް ވަނީ ނިންމާފައި އެވެ.

ތިނަދޫ ޔޫތް ފުޓްބޯޅަ ކުލަބް ނުވަތަ ޓީވައިއެފްސީ އަކީ ތިނަދޫގައި ފުޓްބޯޅަ ކުރިއެރުމުގެ މަގްސަދުގައި އުފަންވެގެން އައި ފުޓްބޯޅަ ޖަމިއްޔާއެވެ. ޓީވައިއެފްސީއިން ވަނީ މީގެ ކުރިން ތިނަދޫގައި ކުޑަކުދިންނަށް ފުޓްބޯޅަ ޓްރެއިނިން ދިނުމުގެ އެކަޑަމީ ޕްރޮގްރާމްތަކެއްވެސް ކުރިޔަށް ގެންގޮސްފައި އެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މި ޖަމިއްޔާއިން ވަނީ ތިނަދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ގުޅިގެން ތިނަދޫގައި އަންހެން ފުޓްސަލް މުބާރާތެއްވެސް ކާމިޔާބު ކަމާއި އެކު ކުރިޔަށް ގެންގޮސްފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ