logoEN
Sto top
އިންޑިއާގެ އެގްޒިމް ބޭންކާ އެކު 2،000 ހައުސިން ޔުނިޓްގެ ލޯނު އެއްބަސްވުމުގައި

އިންޑިއާގެ އެގްޒިމް ބޭންކާ އެކު 2،000 ހައުސިން ޔުނިޓްގެ ލޯނު އެއްބަސްވުމުގައި

އަހުމަދު ޝުރާއު

logo

2/21/2021, 8:45:50 AM

295185_3_d7f9bc56fc8897a52e6afd05171c28dc024377fb_large

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހިންގަން ނިންމާފައިވާ 2،000 ހައުސިން ޔުނިޓަށް ފައިނޭންސް ކުރުމުގެ އެއްބަސްވުމުގައި އިންޑިއާގެ އެގްޒިމް ބޭންކާ އެކު މިއަދު ސޮއިކޮށްފި އެވެ.

Wamco

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހިންގަން ނިންމާފައިވާ 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވަނީ އިންޑިއާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާ ހަވާލުކޮށްގެންނެވެ.

މި މަޝްރޫއުއަށް ފައިނޭންސް ކުރުމުގެ ގޮތުން އެގްޒިމް ބޭންކާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ދެމެދު ލެޓާ އޮފް އިންޓެންޓްގައި ސޮއި ކޮށްފައިވަނީ އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ސުބްރަމަންޔަން ޖައިޝަންކަރު ރާއްޖެ ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަނުން ކުރިން ބުނެފައިވާ ގޮތުގައި 130 މިލިއަން ޑޮލަރު ހަރަދުކުރާ މި މަޝްރޫއު ހިންގުމަށް ބޭނުންވާ ފައިސާ ހޯދަނީ ސަރުކާރުން ސަވަރިން ގެރެންޓީ ދީގެން ނަގާ ލޯނަކުންނެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ 2،000 ހައުސިން ޔުނިޓްގެ މަސައްކަތު އެއްބަސްވުމުގައި އެންބީސީސީ އާއި ފަހި ދިރިއުޅުން ކޯޕޮރޭޝަންއާ ދެމެދު މި މަހުގެ ދެ ވަނަ ދުވަހު ސޮއިކޮށްފައިވާކަން ކުރިން ވަނީ އިއުލާނުކޮށްފަ އެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކުރާ ގޮތަށެވެ. އަދި މި މަޝްރޫއުގެ 85-100 ޕަސެންޓް ފައިނޭންސްކުރާނީ ކޮންޓްރެކްޓަރެވެ. އިމާރާތްކުރާނީ 900 އަކަފޫޓުގެ 3 ކޮޓަރީގެ 1،400 ޔުނިޓާއި، 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓެވެ.

މި 2،000 ހައުސިން ޔުނިޓްގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރި އަދި ތިން ފާޚާނާގެ 1،400 ޔުނިޓާއި ދެ ކޮޓަރި އަދި ދެ ފާޚާނާގެ 600 ޔުނިޓެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside