logoEN
Sto top
ދިވެހި ލީގުގެ ހުރިހާ ކުޅުންތެރިންނާ އޮފިޝަލުން ވެކްސިން ޖަހައިފި

ދިވެހި ލީގުގެ ހުރިހާ ކުޅުންތެރިންނާ އޮފިޝަލުން ވެކްސިން ޖަހައިފި

އަހުމަދު ޝުރާއު

logo

2/21/2021, 11:00:36 AM

EusIU15VEAoITt0

ކޮވިޑުގެ ހާލަތު މާލެ ސަރަހައްދުގައި ގޯސްވާން ފެށުމާއި އެކު ހުއްޓާލި ރާއްޖޭގެ މައި ލީގް، ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން އަލުން ފެށުމަށް ކުރާ މަސައްކަތުގެ ތެރެއިން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.

Wamco

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ރޭ ކުރެއްވި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ލީގުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީ ނިމިފައިވާ ކަމަށެވެ. އަދި ލީގު އަލުން ފެށުމަށްޓަކައި އިދާރާތަކުގެ އެންގުންތަކަށް ކުޅުންތެރިންނާއި އޮފިޝަލުން އަމަލުކުރަމުން އަންނަ ކަމަށާއި ވީއެންމެ އަވަހަކަށް ލީގު އަލުން ފެށުމުގެ ހުއްދަ ލިބޭނެކަމަށް އުއްމީދު ކުރައްވާކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ

ރާއްޖޭގެ ލީގު އަލުން ފެށުމަށް މަސައްކަތްކުރަނީ ލީގުގެ ހުރިހާ ކުލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ޓެކްނިކަލް ސްޓާފުންނަށް ވެކްސިން ދިނުމަށްފަހު އެވެ.

View post on Twitter

ލީގު އަލުން ފަށަން ކުރާ މަސައްކަތުގެ ތެރެއިން ލީގުގެ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ.

ކޮވިޑް-19 ގެ ކޭސްތައް މާލެ ސަރަހައްދުގައި ގިނަވާން ފެށުމާއި އެކު އެޗްޕީއޭ އިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލީ މި މަހު ތިން ވަނަ ދުވަހު އެވެ. މި ފިޔަވަޅާއި އެކު ލީގުގައި ވާދަކުރާ ޓީމްތަކުންނާއި ޓީމްތަކުގެ ކުޅުންތެރިން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި ދިވެހި ލީގަކީ އެޗްޕީއޭ އާއި އެފްއޭއެމް މަޝްވަރާކޮށްގެން ހެދި ހާއްސަ ގައިޑްލައިނެއްގެ ތެރެއިން ކުރިއަށްދާ މުބާތާތަކަށް ވީހިނދު އެ މުބާރާތް ކުރިއަށްގެންދަން ފުރުސަތު ދޭން ޓީމުތަކުން ވަނީ އެޗްޕީއޭ ކައިރިން އެދިފަ އެވެ. އަދި އެޗްޕީއޭ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމާއި އެކު ފުރަތަމަ ޑިވިޝަންގެ ޓީމުތަކުން ވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއިވެސް ބައްދަލުކުރައްވާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside