logoEN
cocacola
އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓް 2021 ގެ ގުރުލުން ބާއްވައިފި

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓް 2021 ގެ ގުރުލުން ބާއްވައިފި

އަހުމަދު ޝުރާއު

logo

2/20/2021, 9:28:43 PM

DSC_8317

ހަވަރު ސްޕޯޓްސްއިން އިންތިޒާމްކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓް 2021ގެ ގުރުލުން ބާއްވައިފި އެވެ.

ގޮސިޔާ

މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ތިނަދޫގެ ކެފޭ ސޮލެއިލް ގައި އެވެ. ގުރުލުން ބާއްވާފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

ގްރޫޕް A

ގައްދޫ ވުމެންސް ހޭންޑްބޯލް

ހޯނޑެއްދޫ ހޭންޑްބޯލް ކްލަބް

ޝައިން ސްޕޯޓްސް ކްލަބް

އައުޓްލޯޒް ކުއީންސް

އެވިޑް ސްޓޫޑެންޓް ކައުންސިލް

ގްރޫޕް B

ހޯބަހަކުން

ހޭޔަންބޯ

ހުއްޓޭކޮޑާ

ޓީމް ފެނަކަ

ފިޓް ފެމިނިން

މިއާއިއެކު ގްރޫޕުގެ ރަސްމީ ޝެޑިއުލް ވަނީ އާންމު ކޮށްފައި އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ގްރޫޕް A ގެ ޝައިންއެފްސީ އާއި އައުޓްލޯޒް ކުއީންސް އެވެ. އަދި ދެވަނަ މެޗުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް B ގެ ހުއްޓޭކޮޑާ އާއި ޓީމް ފެނަކަ އެވެ. ފުރަތަމަ މެޗު ކުޅުމަށްް ހަމަޖެހިފައިވަނީ 23 ފެބްރުއަރީ 2021 ވަނަ ދުވަހުގެ ރޭ 20:30 ގައި އެވެ. އަދި ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހަމަ އެރޭ 21:30 ގައި އެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު ޖުމުލަ 10 ޓީމަކުން ވަނީ ބައިވެރިވެ ޓީމް ލިސްޓު ހުށަހަޅާފައިއެވެ. އެގޮތުން މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ ތެރޭގައި ތިނަދޫއަށް ނިސްބަތްވާ 7 ޓީމަކާއި އަތޮޅު ތެރެއަށް ނިސްބަތްވާ 2 ޓީމުގެ އިތުރުން މާލެ އިން އެއްޓީމު ހިމެނެއެވެ.

މުބާރާތުގައި ބައިވެރިވި ޓީމުތަށް

ޝައިން ސްޕޯޓްސް ކްލަބް

އައުޓްލޯޒް ކުއީންސް

ގައްދޫ ވުމެންސް ހޭންޑްބޯލް

ހޭޔަންބޯ

ޓީމް ފެނަކަ

ހޯބަހަކުން

އެވިޑް ސްޓޫޑެންޓް ކައުންސިލް

ހުއްޓޭކޮޑާ

ހޯނޑެއްދޫ ހޭންޑްބޯލް ކްލަބް

ފިޓް ފެމިނިން

މިއަހަރުގެ ހަވަރު ވުމެންސް ހޭންޑްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު، ގދ ތިނަދޫ ، އާރުއަވަށު ޓާފް ދަނޑުގައި އެވެ.

ހަވަރު ސްޕޯޓްސްއިން ތިނަދޫ ސްޓޭޑިއަމްއާއި ގުޅިގެން ބާއްވާ ހަވަރު ވުމެންސް ހޭންޑްބޯޅަ މުބާރާތް މިފަހަރު އިއުލާން ކޮށްފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ( އެސްޓީއޯ ) އެވެ.

މުބާރާތުގެ އޯގައިނައިޒިންގ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމް އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް ސޮލައިލް ހަމަޖައްސައިފައިވާ އިރު މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާޓެކް އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ފޮޓޯމޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.

ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ