ކަރަންޓު ކެނޑުނީ މައި ޖަނަރޭޓަރަށް ދިމާވި މައްސަލަތަކަކާއި ގުޅިގެން – ތިނަދޫ ފެނަކަ ބްރާންޗު މެނޭޖަރު

ތިނަދޫއިން މިރޭ ކަރަންޓު ކެނޑެން މެދުވެރިވީ އެރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރާ މައި ޖަނަރޭޓަރުގެ ތެރެއިން 5 ވަނަ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ގާފު ނޫހަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ ތިނަދޫ ބްރާންޗުގެ މެނޭޖަރު އަލްމާސް ޒުހެއިރު ވިދާޅުވީ ކަރަންޓު ކެނޑެން ދިމާވި ސަބަބު މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. އެގޮތުން މައްސަލަދިމާވީ މައި ޖަނަރޭޓަރުތަކުގެ ތެރެއިން 5 ވަނަ ޖަނަރޭޓަރުގެ ބެޓަރިއަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށާއި ހުރިހާ ޖަނަރޭޓަރުތަކަކީވެސް ސިންކު ކުރެވިފައިވާ ޖަނަރޭޓަރުތަކެއް ކަމުން މުޅި ރަށުން ކަރަންޓު ކެނޑުނީ ކަމަށެވެ.

މިމައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަން ފާހަގަކުރައްވައި އަލްމާސް ވިދާޅުވީ ތިނަދޫއަށް މިވަގުތު ކަރަންޓު ދެމުން ގެންދަނީ ބެކަޕް ޖަނަރޭޓަރެއްގެ އެހީގައި ކަމަށާއި މިރޭގެ 04:30 އާއި ހަމައަށް މުޅި ތިނަދޫއަށް ކަރަންޓު ދެވިފައިވާ ކަމަށެވެ.

ތިނަދޫގެ ހުރިހާ ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މިރޭ 03:25 ހާއިރު އެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް