
photo_2023-05-17_14-36-19
ސްޓީލް ހާޑްވެއާ އިން ޝޭރާ ގްރޫވް ބޯޑު ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ރާއްޖެއަށްވެސް މަޝްހޫރު ޝެރާ ބްރޭންޑުން އަލަށް ތައާރަފްކުރި ގްރޫވް ބޯޑަކީ ރަފާތު ރީތި ޑިޒަންއަކާއެކު ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓެކެވެ. މިއީ ގޭތެރެ އަދި އޮފީސްފަދަ މާހައުލުތަކުގައި އިންޓީރިއާގެ މަސައްކަތްތައް ކުރުމަށް ހާއްސަ ޕްރޮޑަކްޓެކެވެ. އެގޮތުން ސީލިން އާއި ފާރުތައް ރީތި ޑިޒައިން އަކަށް ހަދާލުމަށް މި ބޯޑު ބޭނުންކުރެވިދާނެ އެވެ.
ސްޓީލް ހާޑްވެއާއިން ތައާރަފްކުރި ޝެރާ ގްރޫވް ބޯޑަކީ، އަލިފާން ނުހިފާ، ފެން ހަރުނުލާ، ކަތުރުފަނި ނާޅާ ފެންވަރު ރަނގަޅު ބޯޑެކެވެ. އަދި ތިމާވެއްޓާ ރައްޓެހި މި ބޯޑަކީ އެކި ކުލައިން ކަސްޓަމައިޒްކޮށްލެވޭނެ ބޯޑުތަކެވެ.
ސްޓީލް ހާޑްވެއާއިން ބުނީ އެކުންފުނިން ރާއްޖޭގެ މާކެޓަށް އަލަށް ތައާރަފްކުރި ޝެރާ ބްރޭންޑޫގެ ގްރޫވް ބޯޑު މިހާރު އެކުންފުނީގެ އައުޓްލެޓްތަކުން ގަންނަން ލިބޭނެ އެވެ. އަދި ޕްރޮޖެކްޓްތަކަށް ހާއްސަ ޑިސްކައުންޓުވެސް ލިބިގެންދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ތައިލެންޑުގެ އުފެއްދުމެއްކަމަށް ވާ ޝެރާ ގްރޫވް ބޯޑުގެ ސޯލް އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ "ސްޓީލް ހާޑްވެއާ" އެވެ. މިއީ އެކުންފުނިން ވިއްކަމުން އަންނަ އެންމެ މަގުބޫލު އެއް ޕްރޮޑަކްޓެވެ.