
މިސްޓަރ ރައިޓް ލިބެންދެން ކޮންމެ ގައުމަކުން ފިރިހެނަކާ ޑޭޓް ކުރަމުންދާ އަންހެނެއް
newspress-collage-27069136-1684263610565 copy
މިސްޓަރ ރައިޓް ލިބެންދެން ކޮންމެ ގައުމަކުން އެއް ފިރިހެނަކާ ޑޭޓް ކުރުމުގެ އަމާޒެއް ހިފާފައިވާ ކަމަށް އަންހެނަކު ބުނެފިއެވެ.

ސްޓާލީ ސަންޓޯސް ނަމަކަށް ކިޔާ މިއަންހެން މީހާގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 ފިރިހެނުންނާ ޑޭޓް ކުރުމެވެ. އަދި އޭނާގެ އަމާޒަށް ވާސިލުވުމަށް ކުރާ ދަތުރުގެ މެދުތެރެއިން އެތަނުން ފިރިހެނަކުދެކެ ލޯބިވެވުނު ނަމަވެސް 100 ފިރިހެނުންނާ ޑޭޓް ކުރުމުގެ ކުރިން އޭނާ ހުއްޓާނުލާނެއެވެ.
ސަންޓޯސް ބުނާ ގޮތުގައި، އޭނާ އަކީ އަބަދުވެސް ދަތުރުކުރުމަށް ބޭނުންވާ މީހެއް ކަމަށާއި، ތައުލީމު ހާސިލުކުރުމަށްފަހު އޭނާ ހޯދީ އެކަމަށް ފުރުސަތު ލިބޭނެ ވަޒީފާއެއް ކަމަށެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް އެކި ފިރިހެނުންނާ ޑޭޓް ކުރަމުންއޭނާ ދިޔައެވެ.
100 މީހުންނާ ޑޭޓް ކޮށް އެތަނުން އެންމެ "ޕަރފެކްޓް" މީހާއާ އެކު ދިރިއުޅުމެއް ފެށުމުގެ އަޒުމް ކަނޑައެޅިގޮތް ކިޔައިދެމުން ސަންޓޯސް ބުނީ، އެގޮތަށް ވިސްނުން ބަދަލުކޮށް އޭނާގެ ލޯބި ހޯދުމުގެ ދަތުރު ޑޮކިއުމެންޓް ކޮށް ސޯޝަލް މީޑިއާއަށް ހިއްސާކުރުމުގެ ފަހަތުގައި ވަނީ އޭނާގެ ރަހްމަތްތެރިޔަކު ބުނި އެއްޗަކުން ކަމަށެވެ. އެގޮތުން އޭނާގެ ރަހްމަތްތެރިޔާ، އޭނާގެ ދިރިއުޅުން ނެޓްފްލިކސްގެ ފިލްމުތަކާއި ސީރީސްތަކަށްވުރެ ޝައުގުވެރިކަމަށް ބުނި ކަމަށެވެ.
އެގޮތުން މިދިޔަ ފެބްރުއަރީ މަހު އޭނާގެ ދަތުރު ފެށިފަހުން މިހާތަނަށް އޭނާ ވަނީ ގިނަ ގައުމުތަކަކަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން ޗިލީ، އާޖެންޓީނާ، ބްރެޒިލް، އުރުގުއޭ، ކޮލަމްބިއާ، ވެނެޒުއޭލާ، އިންޑިއާ، ތައިލެންޑް، އިންޑޮނޭޝިއާ، ފިލިޕީންސް، ސިންގަޕޫރު އަދި އެމެރިކާއަށް އޭނާ ވަނީ ދަތުރުކޮށްފައެވެ. އޭނާގެ މިދަތުރުގެ ޚަރަދުތައް ކޮށްފައިވަނީ ކްރިޕްޓޯކަރަންސީ ވިއްކައިގެން ލިބޭ ފައިސާއިންނެވެ.
އޭނާ ބުނި ގޮތުގައި ކޮންމެ ގައުމެއްގައިވެސް އޭނާ ހޭދަކުރަނީ ހަތަރު ނުވަތަ ފަސް ދުވަސް ކަމަށެވެ. އަދި އޭނާގެ އަމާޒަށް ވާސިލުވުމަށް އެންމެ މީހަކަށްވުރެ ގިނަ މީހަކާ އެ ގައުމަކުން ޑޭޓް ނުކުރާ ކަމަށެވެ. ނަމަވެސް އެމީހަކާ އެކު "ކަނެކްޝަން" އެއް އުފެދިފައިވާ ކަމަށް ފާހަގަކުރެވޭނަމަ އެއަށްވުރެ ގިނަ ދުވަހު ހުންނަށް އޭނާއަށް މައްސަލައެއް ނެތް ކަމަށެެވެ.
ކޮންމެ ގައުމަކުން މީހަކާ ޑޭޓް ކުރުމުގެ އަމާޒު އޮތް ނަމަވެސް އޭނާ ކޮންމެ ކޮންމެ ފިރިހެނަކާ ޑޭޓް ނުކުރާނެ ކަމަށް ސަންޓޯސް ބުނެއެވެ. އެގޮތުން އެމީހަކީ އޭނާ ހިތްހަމަ ޖެހޭ މީހަކަށް ވާން ޖެހޭ ކަމަށް ސަންޓޯސް ބުނެއެވެ.