logoEN
cocacola
ކޮވިޑް ޖެހިގެން ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

ކޮވިޑް ޖެހިގެން ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

އަހުމަދު ޝުރާއު

logo

2/20/2021, 10:57:35 AM

ds

ކޮވިޑް-19 ބަލީގައި ދިވެހި ފިލްމީ ދާޢިރާގައި މަޝްހޫރު ކަން ހޯދާފައިވާ ހަސަން އަލި މަނިކު (ކޮއްޔަ ހަސަން މަނިކު) ނިޔާވެއްޖެ އެވެ.

ގޮސިޔާ

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮއްޔަ ހަސަން މަނިކު ނިޔާވެފައިވަނީ ދަރުމަވަންތަ ކޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާދެމުންދަނިކޮށް ދާދި ދެންމެއަކު އެވެ.. ކޮއްޔަ ހަސަން މަނިކު ނިޔާވިކަން ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަދި ފިލްމީ ދާއިރާގައި ކޮއްޔަ ހަސަން މަނިކުއާއި އެކު މަސައްކަތް ކުރެއްވި ރީކޯ މޫސާ މަނިކު ވަނީ ޓުވިޓާ މެދުވެރިކޮށް ޔަގީންކޮށްދެއްވާފައި އެވެ.

ގާފުއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ކޮވިޑަށް ފައްސި ވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

މިމަރާއި އެކު މިއަދު އެކަނިވެސް ރާއްޖެއިން ކޮވިޑް-19 ޖެހިގެން ދެ މަރު ވަނީ ރިޕޯޯޓު ކުރެވިފައި އެވެ. މިއީ ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މަރުވި 60 ވަނަ މީހާ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ