logoEN
cocacola
މުޒާހަރާ ކުރާނަމަ ދެން އަޅާނީ ގާނޫނީ ފިޔަވަޅު - ފުލުހުން

މުޒާހަރާ ކުރާނަމަ ދެން އަޅާނީ ގާނޫނީ ފިޔަވަޅު - ފުލުހުން

އަހުމަދު ޝުރާއު

logo

2/20/2021, 9:29:40 AM

294721_3_1cc0b456917e6654399a8f883e03c8e07a8907c3_large

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިިކަމުގެ ފިޔަވަޅުތަކާއި ހިލާފަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބާއްވަމުންދާ އެއްވުންތަކާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ޕޮލިސް ސާވިސްއިން ދީފި އެވެ.

ގޮސިޔާ

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ކޮވިޑާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ފިޔަވަޅުތައް ހަރުކަށިކޮށްފައިވާ އިރު، ޕީޕީއެމްއާއި ޕީއެންސީން އިންތިޒާމުކޮށްގެން މާލޭގައި ގަވައިދާ ހިލާފަށް އެއްވުންތައް ބާއްވަމުންދާ ކަމަށެވެ. އެފަދަ ކަންކަން ކުރާނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފު އިތުރަށް ވިދާޅުވި ގޮތުގައި އެފަދަ އެއްވުންތައް ހުއްޓުވުމަށްޓަކައި ބާރުގެ ބޭނުން ކުރަން ޖެހިއްޖެނަމަ ފުލުހުން އެކަން ކުރާނެ ކަމަށެވެ. ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި އެއްވުންތަކުގެ ސަބަބުން މުޅި މުޖްތަމައުއަށް އެކަމުގެ ނުރައްކާ އެބައޮތް ކަމަށެވެ. މުޒާހަރާގެ ބައިވެރިންނާއި މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންނަށްވެސް އެކަމުގެ ނުރައްކާ އެބައޮތް ކަމަށެވެ. މި ހާލަތުގައި އެއްވުންތަކާއި މުޒާހަރާތައް ނުބޭއްވުމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

ހައްގުވެރިންނަށް ފްލެޓް ދިނުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަޕޯޓަރުން މިއަދުވެސް މާލޭގައި ހިނގާލުމެއް ބާއްވާފައެވެ. މިއަދުގެ ހިނގާލުން ހުއްޓުވަން ފުލުހުން މާބޮޑު މަސައްކަތެއް ނުކުރެއެވެ. ނަމަވެސް މީގެ ކުރިން ބޭއްވި ބައެއް އެއްވުންތަކާއި ހިނގާލުން ހުއްޓުވަން ބާރުގެ ބޭނުންވެސް ކޮށްފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ