ރޮބޯމޭން އާއެކު ހެޕީމާކެޓުގެ ޚާއްސަ ހަރަކާތެއް މިއަދު ހަވީރު ތިނަދޫގައި!

ކުޑަކުދިންގެ މެދުގައި މަގުބޫލު ރޮބޯމޭންއާއި އެކު ކަޑަކުދިންނަށް ޚާއްސަ ހަރަކާތެއް މިއަދު ބޭއްވުމަށް ހެޕީމާކެޓުން ނިންމައިފި އެވެ.

ހެޕީމާކެޓުން މައުލޫމާތު ދޭގޮތުގައި ރޮބޯމޭންއާއި އެކު ބާއްވާ ޚާއްސަ ހަރަކާތް އޮންނާނި މިއަދު ހަވީރު 16:00 އިން އިރުއޮއްސި 18:00 އާއި ހަމައަށް ތިނަދޫގައި ހުޅުވީ ހެޕީ މާކެޓުގެ ޑިސްޓްރިބިއުޝަން ސެންޓަރު ސަރަހައްދުގައި އެވެ.

މިއަދު ބާއްވާ މި ޚާއްސަ ހަރަކާތަކީ އެކުންފުނިން ތިނަދޫގައި ޑިސްޓްރިބިއުޝަން ސެންޓަރެއް ހުޅުވުން ފާހަގަކޮށް ބާއްވާ ހަރަކާތެއް ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ. މި ހަރަކާތުގައި އެކުންފުނިން ރާއްޖެ އެތެރެކުރާ ދުނިޔޭގެ މަޝްހޫރު އަދި ކޮލެޓީ ބައެއް ޕްރޮޑަކްޓުތަކުގެ ރަހަބަލާލުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އެކުންފުނިން ވަނި ބުނެފައެވެ.

ހެޕީމާކެޓުގެ ޑިސްޓްރިބިއުޝަން ސެންޓަރު ރަސްމީކޮށް ހުޅުވުމަށްޓަކައި ތިނަދޫގައި ރޭ ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ހެޕީ މާކެޓުގެ ސީއީއޯ އަލީ އިހުސާން އާއި ސީއޯއޯ އަބްދުالله ނައީމުގެ އިތުރުން ގދ ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ އާއި ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުالله ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ޑިސްޓްރިބިއުޝަން ސެންޓަރު ރަސްމީކޮށް ހުޅުއްވައި ދެއްވި ގދ ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ އާދި ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ އެވެ. އެގޮތުން މި ފިހާރަ ހުންނާނީ ގދ ތިނަދޫ ގާޒީ މަގުގައި އެވެ.

އެކުންފުނީގެ އަމާޒަކީ ކާބޯތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާއި ކަސްޓަމަރުންނާއި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ކުންފުނިން އެތެރެކުރާ އުފެެއްދުން ތަކަކަކީ ގިނަ ބަޔެއްގައި އިތުބާރާއި މަގުބޫލުކަން ލިބިފައިވާ އުފެއްދުންތަކަކަށް ހެދުން ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ތިނަދޫގައި ހުޅުވުނު ފިހާރައާއި އެކު ހެޕީމާކެޓުގެ ޑިސްޓްރިބިއުޝަން ސެންޓަރުތަކުގެ އަދަދު ވަނީ 5 އަށް އަރާފައެވެ. އެކުންފުނިން އަންނަނީ މިހާރުވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އިތުރުން ދެކުނުގައިވެސް އެކުންފުނީގެ ޑިސްޓްރިބިއުޝަން ސެންޓަރުތަށް ޤާއިމްކޮށް ހިދުމަތް ދެމުންނެވެ.

ހެޕީ މާކެޓުން މިހާރުވެސް ދަނީ ދުނިޔޭގެ މަޝްހޫރު 22 ބްރޭންޑެއް ރާއްޖެއަށް އިމްޕޯޓުކޮށް ރީޓެއިލް އަދި ހޯލްސޭލް ކުރަމުންނެވެ. މި ބްރޭންޑުތަކަކީ ދުނިޔޭގެ 13 ގައުމެއްގެ ބްރޭންޑްތަކެކެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް