logoEN
Sto top
ރައުހަތް ސްޕޯޓްސްއިން ފިޔޯރީގެ ބައެއް ކްލަބްތަކާއި އެކު އެއްބަސްވުމަކަށް!

ރައުހަތް ސްޕޯޓްސްއިން ފިޔޯރީގެ ބައެއް ކްލަބްތަކާއި އެކު އެއްބަސްވުމަކަށް!

އަހުމަދު ޝުރާއު

logo

2/20/2021, 10:42:43 AM

152250541_1124359341414055_8129527506888775635_n

ރައުހަތް ސްޕޯޓްސްއިން ގދ ފިޔޯރީގެ ބައެއް ކްލަބްތަކާއި އެކު ބައްދަލުކޮށް ކުޅިވަރު ސާމާނު ހަދިޔާކޮށްފި އެވެ.

Wamco

ރައުހަތް ސްޕޯޓްސްގެ ޓީމު ވަނީ ބުރާސްފަތި ދުވަހު ގދ ފިޔޯރީއަށް ޒިޔާރަތްކޮށް އެރަށުގެ ބައެއް ޓީމްތަކާއި އެކު ދެފަރާތުން ގުޅިގެން ކުރެވޭނެ ކަންކަމާއި އެކު މަޝްވަރާކޮށް އެއްބަސްވުމަކާއި ހަމައަކަށް އައިސްފައި އެވެ. އެގޮތުން މި ދަތުރުގައި ރައުހަތް ސްޕޯޓްސްގެ ރައީސް ރައުހަތު ގުދުރަތުﷲ ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައި އެވެ.

މިދަތުރުގައި ފިޔޯރީ އެސޯސިއޭޝަން ފޯރ ކޮމިއުނިޓީ އެމްޕަވަރމެންޓާއި އެކު އިޖްތިމާއީ ދާއިރާއިން ދެފަރާތުން ވަނީ ކަންތައްތަކެއް ގުޅިގެން ކުރުމަށް ނިންމާފައި އެވެ. އެގޮތުން ފޭސްއާއި އެކު އެވައާނެސް ޕްރޮގްރާމެއް ކުރިޔަށްގެންދިޔުން ހެމެނެއެވެ. އަދި ހަމައެއާއިއެކު ގދ އަތޮޅުގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ އިބްރާހިމް އަލީއާއި އެކު ވޮލީ ޓްރެއިނިންގ ކޭމްޕެއްވެސް ކުރިޔަށް ގެންދިޔުމަށް ވަނީ މަޝްވަރާ ކޮށްފައި އެވެ.

undefined

މީގެ އިތުރުން މިދަތުރުގައި ރައުހަތް ސްޕޯޓްސްއިން ވަނީ އެރަށުގެ ބައެއް ޖަމިއްޔާތަކަށް ކުޅިވަރު ސާމާނުވެސް ހަދިޔާ ކޮށްފައެވެ. އެގޮތުން ފޭސް ޖަމިއްޔާއަށް ބޯޅަ ވަނީ ހަދިޔާކޮށްފައި އެވެ. އަދި ފިޔޯރީ ވޮލީ ޓީމަށް ޖާޒީ ވެސް ވަނީ ހަވާލުކޮށްފައި އެވެ. އެޓީމަށް ރައުހަތް ސްޕޯޓްސްގެ ފަރާތުން ޖާޒީ ހަވާލުކޮށްދިނީ ހޯނޑެއްދޫ ކައުންސިލްގެ ނައިބް ރައީސް އަހުމަދު އަޝްރަފް އެވެ. މީގެ އިތުރުން ކަރަންކާ ސްޕޯޓްސްއާއި ފިޔޯރީ ޝަހުމަތް ގުޅިގެން ހިންގާ ފުޓްބޯޅަ ޓީމަށްވެސް ވަނީ ބޯޯޅަ ހަދިޔާކޮށްފައި އެވެ. އެޓީމަށް ރައުހަތް ސްޕޯޓްސްގެ ފަރާތުން ޖާޒީ ހަވާލުކޮށްދިނީ ހޯނޑެއްދޫ ކާއްޑޭ ސްޕޯޓްސްގެ ނައިބް ރައީސް ކާއްޑޭއެވެ.

undefined

ރައުހަތް ސްޕޯޓްސް ކްލަބަކީ ރާއްޖޭގެ އެތްލެޓިކްސްގައި ނަން މަޝްހޫރު އަދި ކާމިޔާބު ކްލަބެކެވެ. އަދި ރައުހަތު ސްޕޯޓްސް އިން އަންނަނީ ހުވަދު އަތޮޅުގައި ފުޅާ ދާއިރާއެއްގައި އެތްލެޓިކްސް ދާއިރާއިން ދަރިވަރުން ތަމްރީން ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside