logoEN
Sto top
ފުލުހުން ކޮށާލާނެ ކަމަށް ބުނެ އިންޒާރުދިން އިދިކޮޅު އެކްޓިވިސްޓަކު ހައްޔަރުކޮށްފި

ފުލުހުން ކޮށާލާނެ ކަމަށް ބުނެ އިންޒާރުދިން އިދިކޮޅު އެކްޓިވިސްޓަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

2/19/2021, 9:02:31 PM

kq71nveRLxGJ4ArYRT1tGshDW

ޗެނަލް-13 އިން ގެނެސްދިން އިންޓަވިއުއެއްގައި "ދޮގު ހެކި ބަސްދޭ" ފުލުހުން ކޮށާލާނެ ކަމަށް ބުނެ އިންޒާރުދިން، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ސަޕޯޓަރަކު މިއަދު ފުލުހުން ހައްޔަރުކޮށްފި އެވެ.

Wamco

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވިގޮތުގައި ޗެނަލަކުން ގެނެސްދިން އިންޓަވިއުއެއްގައި ފުލުހުންނަށް ހެކިބަސް ދޭ މީހުންނަށް އިންޒާރުދީ ބިރުދެއްކި މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިރޭ 51 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ "ސަމަދުބެ" ނަމަކަށް ކިޔާ އެ ޕާޓީގެ އެކްޓިވިސްޓެކެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު އިދިކޮޅުން ކުރި މުޒާހަރާގެ ތެރެއިން ނެވެ.

އިދިކޮޅުން މިހާރު މާލޭގައި ސިލްސިލާކޮށް ކުރަމުން އަންނަ މުޒާހަރާއެއްގެ ތެރެއިން އެ މީހާ އިންޓަވިއު ދެމުން ބުނީ "އަޅުގަނޑުމެން ޖަލުގައި ބަންދުކުރުމަށް ދޮގު ހެކި ދިން ފުލުހުން ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ހައްގު އެ މީހުންނާ އަރާ ހަމަކުރާނެ" ކަމަށެވެ. އަދި ދެން އަންނަ ދައުރެއްގައި ވެރިކަން ކުރާނެ އިދިކޮޅުން ކަމަށާއި އަދި އެ ވެރިކަމުގައި، ހެކި ބަސް ދިން މީހުން ވެސް ޖަލުގެ ތޭރިތަކަށް ދާނެ ކަމަށާއި އެ މީހުން "ވަކިވަކިން ކޮށާލާނެ" ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside