logoEN
cocacola
ޔުނައިޓެޑަށް ސޮސައިޑެޑް އަތުން ފަސޭހަ މޮޅެއް

ޔުނައިޓެޑަށް ސޮސައިޑެޑް އަތުން ފަސޭހަ މޮޅެއް

fernandes-manchester-united-celebrate-2021_1fh9tzbtq0h9i1ckn6v2b1ygw4

ޔޫރަޕާ ލީގު ދެވަނަ ބުރުގައި ރޭ މެންޗެސްޓާރ ޔުނައިޓެޑް އިން ރެއާލް ސޮސައިޑެޑް އަތުން ފަސޭހަ މޮޅެއް ހޯދައި ކުއާޓާއަށް ދިޔުމުގެ އުއްމީދު ބޮޑުކޮށްފިއެވެ.

ގޮސިޔާ

މެންޗެސްޓާ ޔުނައިޓެޑް ރޭ މޮޅުވީ މުބާރާތުގެ އެއް ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ސެޕެއިނުގެ ރެއާލް ސޮސައިޑެޑް އަތުންނެވެ. ސޮސައިޑެޑްގެ ދަނޑުގައި ކުޅުނު މިފޯރިގަދަވި މިމެޗުގެ ފުރިހަމަ ވަގުތު ހަަމަވީ 4-0 ގެ ތަފާތުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ. މެޗުގެ ފުރަތަމަ ގޯލު ކާމިޔާބު ކުރީ ފުރަތަމަ ހާފު ފަށައިގެން '27 ވަނަ މިނެޓުގައި އެޓީމުގެ ތަރި އަދި ޕޯޗުގީސް މިޑްފިލްޑަރު ބްރޫނޯ ފެނާންޑޭޒް އެވެ.

ދެވަނަ ގޯލު ކާމިޔާބުކުރީވެސް ދެވަނަ ހާފުގެ '57 ވަނަ މިނެޓުގައި ބްރޫނޯ އެވެ. މެޗުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ޔުނައިޓެޑްގެ ހުނަރުވެރި ފޯވާޑް ރަޝްފޯޑް އެވެ. މިއީ މިޑްފިލްޑާރ ފްރެޑް ތިން ތްރޫއެއްގެ އެހީގައި ސޮސައިޑެޑްގެ ޑިފެންޑަރަކު ކައިރިން ނައްޓާލުމަށްފަހު ޖެހި ގޯލެކެވެ. މެޗު ނިމެން '90 މިނިޓަށްވެފައި އޮއްވާ ފޯވާޑް ޑެނިޔެލް ޖޭމް ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ 4-0 ބަދަލުކޮށްލާފައެެވެ.

މިދެޓީމު ބައްދަލުކުރާ މެޗުކަމަށްވާ ދެވަނަ ލެގު ކުޅެނީ ޔުނައިޓެޑްގެ ދަނޑުކަމަށްވާ އޯލްޑް ޓެފޯޑްގައި އެެވެ. މިމެޗު އޮތީ މިމަހު 26ގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ