logoEN
cocacola
އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފި

އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފި

އަހުމަދު ޝުރާއު

logo

2/18/2021, 7:32:08 PM

img_3090.jpg

ގއ މާމެންދޫގައި ގްރޫޕް މާރާމާރީއެއްގައި މަރާލީ އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަށިގަަނޑު ރާއްޖެ ގެނެސްފިއެވެ.

ގޮސިޔާ

އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސްފައިވަނީ މިއަދުގެ ވަގުތެއްގައި އެވެ. އަދި ޕޯސްޓްމޯޓަމް ހަދާފައި ވަނީ ޓްރީވިންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލްގައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް އަށް ފަހު މާލެ ގެނެސްފައިވާކަން " ގާފު " އޮންލައިން އަށް ކަށަވަރުކޮށްދީފައި އެވެ.

އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް އަށް އިންޑިއާއަށް ފޮނުވާލީ މި ހަފްތާގެ ހޯމް ދުވަހުއެވެ.

އުދައްޔު މާރާލާފައިވަނީ މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެވެ. އަދި އެހަމަލާގައި އުދައްޔުގެ އިތުރުން އޭނާ ބޭބެއަށްވެސް ވަނީ ހަމަލާދީފައި އެވެ. އެހެން ނަމަވެސް އޭނާގެ ބޭބެގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނައަށް ފަރުވާދެނިމަށްފަހު ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައިއެވެ.

މަރާލި އުދައްޔުގެ ކަރުގެ އިތުރުން ހަށިގަނޑުގެ އެހެން ބައެއް ތަންތަނަށް ވެސް ވަނީ ވަޅިން ހަމަލާ ދީފައެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ ފަސްމީހަކު ހައްޔަރުކޮށްފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ