logoEN
ކޮކާކޯލާ
ތިނަދޫއިން މީހަކު ފައްސި ވެއްޖެ

ތިނަދޫއިން މީހަކު ފައްސި ވެއްޖެ

އަހުމަދު ޝުރާއު

logo

2/18/2021, 6:52:03 PM

Fuvamulah

ތިނަދޫއިން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ އެވެ.

އަބުޅޯ

ޑރ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ދާދި ދެންމެއަކު މައުލޫމާތު ދިން ގޮތުގައި ފައްސިވެފައިވަނީ ތިނަދޫގައި ހޯމް ކަރަންޓީނުގެ 10 ދުވަސް ފުރިހަމަ ކުރުމަށްފަހު 17 ފެބްރުވަރީ 2021 ވީ ބުދަ ދުވަހު ނެގި ސާމްޕަލްތަކުގެ ތެރެއިން 1 ފަރާތެކެވެ.

މިއާއި އެކު ތިނަދޫގައި އެެކްޓިވް ކޭސްގެ އަދަދަކީ ފަހެކެވެ. ތިނަދޫއިން މީގެ ކުރިން ނެގި ރެންޑަމް ސާމްޕަލެއްވެސް ވަނީ ކޮވިޑަށް ފައްސި ވެފައި އެވެ. އަދި އައްޑޫ އޭވިއޭޝަން ކްލަސްޓާރ އާއި ގުޅުން ހުރި މީހެއް ފައްސިވެ އެމީހާގެ 2 ޑައިރެކްޓް ކޮންޓެކްޓެއް ވެސް ނެގި ސާމްޕަލުން ވަނީ ފައްސިވެފައިއެވެ.

މިކޭސްތަކާއި ގުޅިގެން ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެނައުމަށް ފަހު މޮނީޓަރިންގ ހާލަތު އުވާލީ އަންގާރަ ދުވަހުއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ