logoEN
Sto top
އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓެ 10 ޓީމާއި އެކު މިމަހުގެ 23 ގައި ފަށަނީ

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓެ 10 ޓީމާއި އެކު މިމަހުގެ 23 ގައި ފަށަނީ

އަހުމަދު ޝުރާއު

logo

2/18/2021, 10:17:47 AM

Untitled-3

ހަވަރު ސްޕޯޓްސްއިން އިންތިޒާމްކޮށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން ( އެސްޓީއޯ ) ގެ މެއިން ސްޕޮންސަރޝިޕްގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓް 2021 މިމަހުގެ 23 ވަނަ ދުވަހު ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

Wamco

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު ޖުމުލަ 10 ޓީމަކުން ވަނީ ބައިވެރިވެ ޓީމް ލިސްޓު ހުށަހަޅާފައިއެވެ. އެގޮތުން މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ ތެރޭގައި ތިނަދޫއަށް ނިސްބަތްވާ 7 ޓީމަކާއި އަތޮޅު ތެރެއަށް ނިސްބަތްވާ 2 ޓީމުގެ އިތުރުން މާލެ އިން އެއްޓީމު ހިމެނެއެވެ.

މުބާރާތުގައި ބައިވެރިވި ޓީމުތަށް

ޝައިން ސްޕޯޓްސް ކްލަބް

އައުޓްލޯޒް ކުއީންސް

ގައްދޫ ވުމެންސް ހޭންޑްބޯލް

ހޭޔަންބޯ

ޓީމް ފެނަކަ

ހޯބަހަކުން

އެވިޑް ސްޓޫޑެންޓް ކައުންސިލް

ހުއްޓޭކޮޑާ

ހޯނޑެއްދޫ ހޭންޑްބޯލް ކްލަބް

ފިޓް ފެމިނިން

މިއަހަރުގެ ހަވަރު ވުމެންސް ހޭންޑްބޯޅަ މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގދ ތިނަދޫ ، އާރުއަވަށު ޓާފް ދަނޑުގައި އެވެ.

ހަވަރު ސްޕޯޓްސްއިން ތިނަދޫ ސްޓޭޑިއަމްއާއި ގުޅިގެން ބާއްވާ ހަވަރު ވުމެންސް ހޭންޑްބޯޅަ މުބާރާތް މިފަހަރު އިއުލާން ކޮށްފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ވެސް ޓީމްތަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެވެ.

މުބާރާތުގެ އޯގައިނައިޒިންގ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމް އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް ސޮލައިލް ހަމަޖައްސައިފައިވާ އިރު މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާޓެކް އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ފޮޓޯމޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.

ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside