logoEN
Sto top
އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގެ މެޗުތަށް ހޯސްޓުކުރަން އިންޑިޔާއިން ބިޑުކުރަނީ

އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގެ މެޗުތަށް ހޯސްޓުކުރަން އިންޑިޔާއިން ބިޑުކުރަނީ

އަހުމަދު ޝުރާއު

logo

2/17/2021, 6:08:44 PM

qjo6oie4ketvfnl7cu2r

މި ފަހަރުގެ އޭއެފްސީ ކަޕްގެ މެޗުތައް އެއް ދަނޑެއްގައި ކުޅުމުގެ ގޮތުން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަށް ހޯސްޓުކުރަން އިންޑިޔާއިން ބިޑްކުރަން ނިންމައިފިއެވެ.

Wamco

ޓްރެއިނިން ދަނޑުތައް ވެސް ކަނޑައަޅެފައިވާއިރު އޯލް އިންޑިއާ ފުޓްބޯޯލް އެސޯސިއެޝަން (އޭއައިއެފްއެފް)ގެ ޕްރޮޕޯސަލްގައިވަނީ އޭޕްރީލް 14 އިން ފެށިގެން 21 ގެ ނިޔަލަށް އޮންނަ އޭއެފްސީ ކަޕް ދެކުނު އޭޝިއާގެ ކޮލިފައިންގ ބުރާއި މެއި 14 އިން 20 ގެ ނިޔަލަށް ކުރިއަށްދާ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗުތަކެއް ހޯސްޓްކުރާށެވެ. މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް ސްޓޭޖުގެ ބާކީ މެޗުުތައް ހޯސްޓްކުރަން ހުޅުވާލި ބިޑް ކާމިޔާބުކުރީ ރާއްޖެއިންނެވެ. ނަމަވެސް މެޗުތަށް ކުރިއަށްގެންދެންގެވޭނެ ގޮތެއް ވަނީ ނުފެނިފައެވެ.

ރާއްޖޭގެ ފުޓްބޯޅަ ލީގު އަވަހަށް ފެށޭތޯ އެފްއޭއެމާއި ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުން ވަރަށް ބޮޮޑަށް މަސައްކަތްކުރަމުންނެވެ. އެއީ އޭއެފްސީ ކަޕްގެ އިތުރުން ގައުމީ ޓީމު ކުޅޭ ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗުތައް އޮތުމުގެ ސަަބަބުންނެވެ. މިފަހަރު އޮތް އޭއެފްސީ ކަޕް، ދެކުނު އޭޝިއާގެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ، އިންޑިއާގެ އޭޓީކޭ މޯހަން ބަގަން އަދި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ. ބާކީ އޮތް ޖާގަ ލިބޭނީ ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށެވެ. ކޮލިފައިން ބުރުގައި އިންޑިއާގެ ބެންގަލޫރާއި ރާއްޖޭގެ އީގަލްސް އަދި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ވާދަކުރާނެ އެވެ.

ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ ރާއްޖެ އާއި ޗައިނާގެ މެޗު އަންނަ މަހު 25 ވަނަ ދުވަހު އޮންނާނެ އެވެ. އަދި އޭގެ ފަސް ދުވަސް ފަހުން ރާއްޖެއާއި ސީރިއާ ކުޅޭ މެޗު އޮންނާނީ މާލޭގަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside