logoEN
ޕީއެންސީ 2
ފެނަކަ އިންސްޓިޓިއުޓުން ތަމްރީން ޕްރޮގްރާމެއް ފަށަނީ

ފެނަކަ އިންސްޓިޓިއުޓުން ތަމްރީން ޕްރޮގްރާމެއް ފަށަނީ

big_NxlWh0z6Wb00n6BOOGCGUhKBq

ފެނަކަ އިންސްޓިޓިއުޓުން އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސް މަސައްކަތައް މީހުން ތަމްރީން ކޮށްދޭ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައި ފިއެވެ.

ޝަރީ 2024

"ފުނަރު ޕްރޮގްރާމް" ގެ ނަމުގައި ފެނަކަ އިންސްޓިޓިއުޓުން ހުޅުވާލި ޕްރޮގްރާމަކީ ފެނަކަ އިން ފޯރުކޮށްދޭ 3 އަސާސީ ޚިދުމަތުގެ ދާއިރާއަށް ފަންނީ މީހުން ތަރަށްޤީކޮށް ދިވެހިން ބިނާކުރުމަށްޓަކައި ހިންގާ ޕްރޮގްރާމެއް ކަމަށް އެ އިންސްޓިޓިއުޓުން ވަނީ މައުލޫމާތު ދީފައެވެ.

މި ޕްރޮގްރާމުގެ ތެރެއިން އިންޖީން ރިޕެއަރ އެންޑް މެއިންޓެެނެންސް ގައި ބައިވެރިވާ ފަރާތަތަކަށް ޑީސަލް އިންޖީނުގެ ބައިތައް ކިޔައިދިނުމާއި ޑީސަލް ޖަނަރޭޓަރު މެއިންޓެނެންސް މަސައްކަތް ކުރާނެ އަމަލީ ތަޖުރިބާ ލިބިގެންދާނެކަމަށް އެ އިންސްޓިޓިއުޓުން ވަނީ ވިދާޅުވެފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް މަހަކު 3000 (ތިންހާސް) ރުފިޔާގެ އެލެވެންސެއް ދިނުމަށް ހަމަޖެހިފައިވާކަން އެ އިންސްޓިޓިއުޓުން ވަނީ މައުލޫމާތު ދީފައެވެ. އަދި މި ޕްރޮގްރާމަކީ 3 މަސް ދުވަހުގެ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 25 ފެބްރުއަރީ 2021 ގެ މެންދުރު 1 ގެ ކުރިން ފޯމް ހުށަހަޅުއްވުމަށް އެ އިންސްޓިޓިއުޓުން އެދެއެވެ. މި ޕqރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މާރިޗް މަހު އެއްވަނަ ދުވަހު އެވެ.

View post on Twitter

ފެނަކަ އިންސްޓިޓިއުޓަކީ ފެނަކައިގެ މުވައްޒަފުންނަށް ތައުލީމާއި ތަމްރީނު ދިނުމަށް ހާއްސަކޮށް އެ ކޯޕަރޭޝަނުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އިންސްޓިޓިއުޓެޓެކެވެ.

އިތުރު މައުލޫމާތު: https://fenaka.mv/articles/50

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ