logoEN
Sto top
ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ފައިސާ ހިފަހައްޓައިފި

ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ފައިސާ ހިފަހައްޓައިފި

EuZgOhcUcAA_-d_

ދުބާއީ އަށް ބޭރުކުރަން މަސައްކަތް ކުރި ގިނަ އަދަދެއްގެ ފައިސާ އެއަރޕޯޓް ސެކިއުރިޓީއިން ހިފަހައްޓައި މޯލްޑިވްސް ކަސްޓަމްސް ސާރވިސްއާއި ހަވާލުކޮށްފިއެވެ.

Wamco

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މައުލޫމާތު ދީފައިވާ ގޮތުގައި މި ފައިސާތަކަކީ ކަސްޓަމްސް އިން ޑެކްލެއަރ ނުކޮށް ހުރި ފައިސާތަކެއް ކަމުން މިހާރު އެފައިސާތައް ވަނީ ކަސްޓަމްސް އާއި ހަވާލުކޮށްފައި ކަމަށެވެ. އަދި މިފައިސާތަށް އަތުލައިގެންފައިވަނީ ދިވެއްސެއްގެ އަތުން ކަމަށްވެސް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މައުލޫމާތު ދެއެވެ.

ހިފަހައްޓާފައިވަނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހާމަކޮށްފައި ނުވެއެވެ.

މި ހިނގާ ފެބްރުއަރީ މަހު 12 ވަނަ ދުވަހު ވެސް ރާއްޖެއިން ބަންގްލަދޭޝް އަށް ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ފައިސާތަކެއްވަނީ ހިފަހައްޓާފައެވެ. މި ފައިސާތަކަކީވެސް ކަސްޓަމްސް އިން ޑެކްލެއަރ ނުކޮށް ބޭރުކުރަން އުޅުނު ފައިސާތަކެކެވެ.

މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ދިހަ ހާހަށް ވުރެ ގިނަ ޑޮލަރު ނުވަތަ އެ އަށް ވާ އެހެން ގައުމެއްގެ ފައިސާ ނުވަތަ ދިވެހި ފައިސާއަކަށް ވިޔަސް ރާއްޖެ އެތެރެކޮށް ބޭރުކުރާ ނަމަ ކަސްޓަމްސް އިން ޑެކްލެއަރ ކުރަންޖެހެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside