logoEN
ޕީއެންސީ 2
ނިދީގައި ގުގުރި ދެމެނީތަ؟ މި އޮތީ ހައްލު!

ނިދީގައި ގުގުރި ދެމެނީތަ؟ މި އޮތީ ހައްލު!

އަޙްމަދު ޖަމީލު

logo

11/14/2020, 2:18:50 PM

# featured

snoring-sleep-apnea

ނިދީގައި ގުގުރިދެމުމަކީ އާންމުކޮށް ވަރަށް ގިނަ މީހުންނަށް ދިމާވާކަމެކެވެ. އަދި ޚާއްސަކޮށް މާބަނޑު އަންހެނުންނަށް ގުގުރިދެމުން ދިމާވާކަމަށް ބައެއް ދިރާސާތަކުންދައްކައެވެ. މާބަނޑު މީހުންގެ ތެރެއިން %25 މީހުން މާބަނޑު ދުވަސްވަރު ދާއިމީ ގޮތެއްގައި ނިދާއިރު ގުގުރި ދަމައެވެ. އަދި އިތުރު %25 މީހުން ވިހަން ގާތްވުމުން ނިދީގައި ގުގުރި ދަމައެވެ.

ޝަރީ 2024

އެހެންނަމަވެސް ބަލިވެއިނުމުން ނިދީގައި ގުގުރި ދަމާ މީހުންގެ ތެރެއިން ވަރަށް ގިނަ މީހުން ވިހެއުމަށްފަހު އިތުރު އެހީ އަކާއި ނުލައި ނުވަތަ ފަރުވާއަކާއި ނުލައި ގުގުރިދެމުން ހުއްޓެއެވެ.

ނިދީގައި އާންމުކޮށް ގުގުރި ދެމޭނަމަ އެކަން ހައްލުކުރަން އެންމެ ރަނަގަޅު ގޮތަކީ ނިދާއިރު އަރިއަކަށް އޮވެގެން ނިދަން އާދަ ކުރުމެވެ. އުއްޑުން އޮވެނިދުމަކީ ގުގުރި ދެމުން އިތުރުވާ ކަމެކެވެ. އަދި ނިދާއިރު ބޯލާކޮޅު އުސްކޮށްގެން ނިދުންވެސް މުހިންމެވެ. މިގޮތުން ބޯދަށަށް އިތުރު ބާލީހެއް ލެވިދާނެއެވެ.

ހަމައެއާއެކު މަސްތުވާތަކެތި ބޭނުން ކުރުމާއި ދުންފަތުގެ އިސްތިއުމާލް ކުރުމާއި ނިދާބޭސް ބޭނުން ކުރާނަމަ، އެކަން މުޅިން ހުއްޓާލާށެވެ. މިހުރިހާ އެއްޗަކީވެސް ނިދުމުގައި ގުގުރި ދެމުމުގެ ފުރުޞަތު ބޮޑުކޮށްދޭ އެއްޗިއްސެވެ. ސަބަބަކީ މި ހުރިހާ އެއްޗިއްސަކީ ވެސް ނިދާއިރު ނޭވާހޮޅި ހިމަކުރުވާ ތަކެއްޗެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ