logoEN
Sto top
ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މެދުރާއްޖެތެރެއާއި ދެކުނަށް މޫސުން ގޯސްވާނެ - މެޓް

ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މެދުރާއްޖެތެރެއާއި ދެކުނަށް މޫސުން ގޯސްވާނެ - މެޓް

Moosun

ކުރިއަށް އޮތް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މެދުރާއްޖެތެރެއާއި ދެކުނަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

Wamco

ރާއްޖެއަށް މިއަހަރުގެ ހުޅަނގު މޫސުން ފެށި މޫސުން ގޯސްވެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ވައިގަދަވެ ކަނޑުތައް ގަދަވުމާއި ގުުޅިގެން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި، މިއަދުން ފެށިގެން ކުރިއަށް އޮތް ހުކުރު އަދި ހޮނިހިރު ދުވަހު މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަހައްދުގައި އާންމު ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވެ ބައެއް ރަށްރަށަށް އުދައެރުންވެސް އެކަށީގެންވާ ކަމަށެވެ.

މޫސުން ގޯސްވުމާއި ގުޅުގެން، ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އެއިދާރާއިން ވަނީ ލަފާއަރުވާފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside