![މޫސުން ގޯސްވެ އައްޑޫ ސިޓީއަށް ރީނދޫ ސަމާލު ނެރެފި](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F07%2FYellow-Alert.jpg&w=3840&q=75)
Yellow Alert
މޫސުން ގޯސްވެ އައްޑޫ ސިޓީއަށް ރީނދޫ ސަމާލު ނެރެފިއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
މޫސުމާއިބެހޭ ގައުމީ އިދާރާއިން އެސަރަހައްދަށް ރީނދޫ ސަމާލު ނެރެފައި މިވަނީ، މީގެ ކުރިން އެ ސަރަހައްދު ހިމެނޭހެން ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފައި ވަނިކޮށެވެ.
އެގޮތުން 18:30 އިން ފެށިގެން 23:30 އާ ހަމައަށް މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފައިވާއިރު، އޭގެ ތެރެއިން އައްޑޫ ސިޓީއަށް މިހާރު މިވަނީ ރީނދޫ ސަމާލު ނެރެފައެވެ.
އެގޮތުން އައްޑޫ ސިޓީއަށް 20:30 އިން ފެށިގެން 23:30 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވަނީ، ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައެެވެ.
މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދީގެން ދަތުރު ކުރުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.