logoEN
cocacola
އެކްސިޑެންޓްގައި އަނިޔާވީ އެމީހާގެ ބޮލަށް، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށްފި

އެކްސިޑެންޓްގައި އަނިޔާވީ އެމީހާގެ ބޮލަށް، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށްފި

އައިޝަތު އިފާޝާ

logo

5/2/2023, 7:45:57 PM

Screenshot 2023-05-02 at 19.00.52

ހުޅުމާލޭ ފޭސް ދޭއްގައި މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހާ އިތުރު ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

ގޮސިޔާ

މި އެކްސިޑެންޓް ހިނގާފައިވަނީ ޕިކަޕަކާއި ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. މިއެކްސިޑެންޓްގައި އަނިޔާ ލިބިފައިވަނީ އުމުރުން 20 އަހަރުގެ ފިރިހެނަކަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އެމީހާ އެންމެ ފުރަތަމަ ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ނަމަވެސް އޭނާގެ ބޮލަށް އަނިޔާ ލިބިފައިވާތީ މިހާރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

https://gaafu.mv/106455

މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ