logoEN
cocacola
ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

އައިޝަތު އިފާޝާ

logo

5/2/2023, 7:30:34 PM

White Alert

ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.

ގޮސިޔާ

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ، މ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަަމައަށް ހުދު ސަމާލު ނެރެފައެވެ. އެގޮތުން 18:00 އިން ފެށިގެން 23:30 އާ ހަމައަށް އެސަރަހައްދަށް ހުދުސަމާލު ނެރެފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި އެސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ސަލާމާތީ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމާއި، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެން ދަތުރު ކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ