logoEN
cocacola
ތިނަދޫ މޮނިޓަރިންގ ހާލަތު އުވާލައިފި

ތިނަދޫ މޮނިޓަރިންގ ހާލަތު އުވާލައިފި

އަހުމަދު ޝުރާއު

logo

2/17/2021, 9:06:04 AM

DSC_6674

10 ދުވަހަށްފަހު ގދ.ތިނަދޫ މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.

ގޮސިޔާ

އެޗްޕީއޭ އިން ބުނެފައިވަނީ، މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތުމާއެކު ތިނަދޫ މޮނިޓަރިންގ ހާލަތުން ނެގުމަށް ނިންމާފައިވާ ކަމަށެވެ.

މި ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ތިނަދޫ މޮނިޓަރިން އަށް ލާފައިވަނީ އައްޑޫ އޭވިއޭޝަން ކްލަސްޓާރ އާއި ގުޅުންހުރި މީހަކު ތިނަދޫއިން ފައްސި ވުމާއި ގުޅިގެން އެވެ. އަދި ހަމައެއާއި އެކު އެރަށުން ނެގި ރެންޑަމް ސާމްޕަލްއެއްވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައި އެވެ.

އައްޑޫ ކްލަސްޓާރ އާއި ގުޅުންހުރި އިތުރު ދެ މީހަކު ވަނީ ކޮވިޑަށް ފައްސިވެފައި އެވެ. އަދި ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 4 ކެވެ.

ތިނަދޫ މޮނީޓަރިންގ ހާލަތުން ނަގައިފައިވަނީ ތިނަދޫއިން ފައްސިވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގ ހަދައި ނަތީޖާތަށް ލިބެން ފެށުމާއި އެކުގައި ކަމަށް މައުލޫމާތު ލިބެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ