logoEN
ޕީއެންސީ 2
"ޖޭ" އަކުރުން ނަންފެށޭ ފިރިހެނުންނާ ޑޭޓް ނުކުރުމަށް ގިނަ އަންހެނުން ބުނަން ފަށައިފި

"ޖޭ" އަކުރުން ނަންފެށޭ ފިރިހެނުންނާ ޑޭޓް ނުކުރުމަށް ގިނަ އަންހެނުން ބުނަން ފަށައިފި

އައިޝަތު އިފާޝާ

logo

5/1/2023, 4:01:40 PM

Fuq3O4UakAIsDjt

ޖޭ އަކުރުން ފެށޭ ނަންތައް، ހާއްސަކޮށް ފިރިހެނުންނަށް ޖޭ އަކުރުން ފެށޭ ނަމެއް ކިޔާނަމަ އެފަދަ މީހުންނާ ޑޭޓް ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ގިނަ އަންހެނުން ދެކޭ ކަމަށް މީސްމީޑިއާގެ އެކި ޕްލެޓްފޯމްގައި ގިނަ އަންހެނުންތަކެއް ބުނަން ފަށައިފިއެވެ. އެގޮތުން ޖޭ އަކުރުން ނަން ފެށޭނަމަ އެފަދަ މީހުންނާ އެކީ އުޅުމަކީ އުނދަގޫ ކަމެއް ކަމަށް ޒަމާނުއްސުރެ ގިނަ އަންހެނުން ދެކޭ ކަމަށް ބުނަމުންދެއެވެ.

ޝަރީ 2024

އާބަން ޑިކްޝަނަރީއަށް ބަލާއިރު، ޖޭ އަކުރުން ފެށޭ ނަމުގެ ތިއަރީގައި ބުނެފައި ވަނީ " ޖޭ އަކުރުން ނަން ފެށޭ ކޮންމެ ފިރިހެނަކާ ޑޭޓް ނުކުރުމާއި، މަދު ފަހަރަކު ނޫނީ ޖޭ އަކުރުން ނަން ފެށޭ މީހަކާ އެކު އުޅުމަކީ އުނދަގޫ ކަމެއް" ކަމަށެވެ.

ޓިކްޓޮކްއާއި ޓުވިޓާ ފަދަ މަޝްހޫރު އެތައް ޕްލެޓްފޯމެއްގައި ގިނަ އަންހެނުންތަކެއް ދަނީ، ޖޭ އަކުރުން ނަން ފެށޭ ފިރިހެނުންނަށް އިތުބާރު ނުކުރެވޭނެ ކަމަށާއި، އެ އަކުރުން ނަން ފެށޭ ފިރިހެނުންނާ ޑޭޓް ކުރުމަކީ ދެވަނަ ފަހަރަށް ނުކުރާނެ ކަމަށް ބުނަމުންނެވެ.

ޖޭ ނަމާއި ބެހޭ ގޮތުން ދައްކަމުންދާ ވާހަކަތެރޭގައި ބައެއް އަންހެނުން ދަނީ ޖޭ އަކުރުން ނަންފެށޭ މީހަކާއެކު އުޅޭ ނަމަ އަވަހަށް އެކަމަކުން ސަލާމަތްވުމަށްވެސް ނަސޭހަތްތެރިވަމުންނެވެ.

މުޅި ސޯޝަލް މީޑިއާގައި މިކަމާބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ބިނާކޮށް ބަލާއިރު، ޖޭ އަކުރުން ނަން ފެށޭ ފިރިހެނުންނަކީ، ބޭވަފާތެރި، ގިނަ އަންހެނުން ގެންގުޅޭ، އިތުބާރު ނުކުރެވޭ، އަދި ތެރަޕީ އަށް ބޭނުންވެފައިވާ މީހުން ގެ އިތުރުން ޖޭ އަކުރުން ނަން ފެށޭ މީހުން ތިބާގެ ހިތް ކުދިކުދި ކޮށްލާނެ ކަމަށް ބުނަމުންދެއެވެ. ކުރުކޮށް ދަންނަވާ ނަމަ، "ޖޭ" ގެ މާނައަކީ "ޖަރކް" އޭވެސް ގިނަ އަންހެނުން ބުނަމުންދެއެވެ.

ޖޭ އަކުރުން ނަން ފެށޭ މީހުންނާ ޑޭޓް ކުރުމާ ދެކޮޅަށް ބައެއް އަންހެނުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން، އެތައް މިލިއަން ފިރިހެނުންނަށް ލޯބިވެރިން ލިބުމުން މަހްރޫމްވާނެ ކަމަށް ބެލެވެއެވެ. ސޯޝަލްް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން އިން ހާމަކޮށްފައިވާ ޑޭޓާ ތަކަށް ބަލާއިރު، ފާއިތުވި 100 އަހަރުގެ ތެރޭގައި ޑޭޓް ކުރުމުގައި އެންމެ މަގުބޫލު ފިރިހެނުންނަކީ ޖޭ އަކުރުން ނަން ފެށޭ މީހުންނެވެ. އެގޮތުން އެންމެ މަގުބޫލު 10 ނަމުގެ ތެރޭގައިވެސް އެންމެ ގިނަވީ ޖޭ އަކުރުން ފެށޭ މީހުންކަން ފާހަގަކުރެވެއެވެ. އެގޮތުން އެއްވަނައިގައި ޖޭމްސް އޮތް އިރު، ތިން ވަނައިގައި ޖޯން އަދި އަށް ވަނައިގައި އޮތޯ ޖޯސެފްއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ