logoEN
Sto top
ލައިސަންސު ނެތި ޖޫރިމަނާ ކޮށްފައިވާ ކުދިންނަށް އަވަސް ހައްލެއް ހޯދައިދޭނަން - ރައީސް

ލައިސަންސު ނެތި ޖޫރިމަނާ ކޮށްފައިވާ ކުދިންނަށް އަވަސް ހައްލެއް ހޯދައިދޭނަން - ރައީސް

އަހުމަދު ޝުރާއު

logo

2/17/2021, 8:47:05 AM

Screenshot 2021-02-17 at 08.42.11

ލައިސަންސު ނެތި ޖޫރިމަނާ ކޮށްފައިވާ ޢުމުރުން 18 އަހަރުން ދަށުގެ ކުދިންގެ މައްސަލައަށް އަވަސް ހައްލެއް ގެނެސް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Wamco

ރައީސް ސޯލިހް މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ ރޭ ބޭއްވި ރަށްވެހި ފަތިސް ކެމްޕެއިން ޓީމްތަކާއި އެކު އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި އެވެ. މި ބައްދަލުވުމުގައި ޒުވާނުންގެ ފަރާތުން ޖޫރީމަނާގެ ޝަކުވާ ލިބެމުންދާކަމަށް ބައްދަލުވުމުގައި ކެންޑިޑޭޓަކު ފާހަގަކުރުމާއި ގުޅިގެން ރައީސް ވިދާޅުވީ 18 އަހަރު ނުފުރޭ ކުދިންވެސް އެއްގަމު އުޅަނދުފަހުރު ދުއްވުމުގެ ލައިސެންސް ނެތި ދުއްވުމުގެ ސަބަބުން ގިނަ ޖޫރީމަނާތަކެއް ހުރިކަމުގެ ޝަކުވާ ލިބެމުންދާކަމަށާއި އެކަމަށް ސަރުކާރުން ރަނގަޅު ހައްލެއް ހޯދައިދޭނެކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި މިކަމަށް ލަސްތަކެއް ނުވެ ހައްލު މި ސަރުކާރުން ހޯދައިދޭނެކަމަށެވެ. އަދި ، އެ ޖޫރީމަނާތައް ހުރެއްޖެނަމަ ކައިވެނި ކުރަން ދާއިރުވެސް ކޯޓުން ޖޫރީމަނާ ފައިސާ ދެއްކުމުން ނޫނީ ކައިވެންޏެއް ނުކުރެވޭނެކަން ބައެއް ކުދިންނަށް އަންގާފައިވާކަމަށާއި ކައިވެންޏެއް ޖޫރީމަނާއާއި ގުޅިގެން ހުއްޓުވިގެން ނުވާނެކަމަށެވެ. ރައިސް ވަނީ ތަކުރާރުކޮށް އެކަން މި ސަރުކާރުން ހައްލުކޮށްދެއްވާނެކަމުގައި ބައްދަލުވުމުގައި ފާހަގަކުރައްވާފައެވެ.

ނަމަވެސް ލައިސަންސް ނެތި ސައިކަލު ދުއްވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި ޤަވާއިދާ އެއްގޮތަށް ހުރިހާ ކުދިން ވެސް އަދި މީހުން ވެސް އުޅުމަކީ މުހިންމު ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside