
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެ ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
White Alert
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެ ސަރަހައްދަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު މެންދުރު 12:30 އިން ފެށިގެން 18:30 އާ ހަމައަށް ވަނީ އެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައެވެ.
އެގޮތުން ހއ އަތޮޅުން ފެށިގެން ކ އަތޮޅަށް، އަދި ލާމު އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފައިވާއިރު، އެ މުއްދަތުގެ ތެރޭގައި އެސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވެ ކަނޑުތައް ގަދަވާ ވަގުތުތަކުގައި ދަތުރުފަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއްދީގެން ދަތުރު ކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.