logoEN
Sto top
މެމްބަރު ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި

މެމްބަރު ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި

އައިޝަތު އިފާޝާ

logo

5/1/2023, 11:36:29 AM

breaking ބްރޭކިންގް

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

Wamco

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ގެ ތެރޭގައި މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރު އަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތު ފަތިހު 05:08 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި މާރާމާރީއާއި ގުޅިގެން މެމްބަރު ޒަރީރު އަށް ލިބުނު އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށްވެސް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އެހެން ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ދެއްވާފައި ނުވެއެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ މެމްބަރު ޒަރީރަށް ހަމަލާދިން ސަބަބެއްވެސް ފުލުހުން ހާމަކޮށްފައިނުވެއެވެ.

އިތުރު ތަފްސީލު އަންނަނީ....

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside