logoEN
cocacola
ގައިމައްޗަށް ޓާފްރޯލް ވެއްޓުނު ޒުވާނާ މަރުވެއްޖެ

ގައިމައްޗަށް ޓާފްރޯލް ވެއްޓުނު ޒުވާނާ މަރުވެއްޖެ

އަހުމަދު ޝުރާއު

logo

2/17/2021, 7:15:17 AM

large_158608345655sRiB

މިމަހުގެ 4 ވަނަ ދުވަހުގެ ރޭ އެމްޕީއެލްގައި ޓާފް ރޯލްތަކެއް ކްލިއާރ ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ޓާފް ރޯލްތަކެއް ގައިމައްޗަށް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާއަށް މަރުވެއްޖެ އެވެ.

ގޮސިޔާ

އެމްޕީއެލް ސަރަހައްދުގައި ހިނގި އެ ނުރައްކާތެރި ހާދިސާގައި ސީރިއަސް އަނިޔާތެކެއް ލިބި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ ހދ. ނޮޅީވަރަން، ނައިޓް ޓްރީމް އުމުރުން 28 އަހަރުގެ އިމްރާން އަލީ އެވެ.

އޭނާގެ ގައިމައްޗަށް ޓާފްރޯލް ވެއްޓި އޭނާގެ ދެފައި ވަނީ އިރައިގެން ގޮސްފަ އެވެ. އަދި އޭނާ މަރުވެފައިވަނީ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ރޭ 1:30 އެހައިކަންހާއިރު އެވެ.

އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އޭނާ އިންޑިއާ އަށް ގެންގޮސްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގަ އެވެ.

އެމްޕީއެލް އިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިމްރާނަކީ "މިނާ އިންވެސްޓްމަންޓް" ކްލިއަރެންސް ގްރޫޕުގެ މަޖޫރީއެކެވެ. އަދި އެ މައްސަލައާ ގުޅިގެން "މިނާ އިންވެސްޓްމަންޓް" ކްލިއަރެންސް ގްރޫޕާއި އެ އޮޕަރޭޝަނުގައި ބައިވެރިވި އެމްޕީއެލްގެ މުވައްޒަފުން ވަނީ ސަސްޕެންޑުކޮށްފަ އެވެ.

މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެމްޕީއެލްގެ އެކްސިޑެންޓު އެންޑް އިންވެސްޓިގޭޝަން ކޮމެޓީން އަންނަނީ ތަހުޤީގު ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ