logoEN
cocacola
ލިވަޕޫލުން އާރްބީ ލައިޕްޒިގް ބަލިކޮށް ކުއާޓާއަށް ދިޔުމުގެ އުންމީދު އާކޮށްފި

ލިވަޕޫލުން އާރްބީ ލައިޕްޒިގް ބަލިކޮށް ކުއާޓާއަށް ދިޔުމުގެ އުންމީދު އާކޮށްފި

P2021-02-16-Leipzig_Liverpool-30-600x414

ޗެމްޕއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ލިވަޕޫލުން އާރްބީ ލައިޕްޒިގް ބަލިކޮށް ކުއާޓާ އަށް ދިޔުމުގެ އުއްމީދު އާކޮށްފިއެވެ.

ގޮސިޔާ

މިމެޗު ފުރިހަމަ ވަގުތު ނިމިގެން ދިޔައީ 2-0 ގެ ތަފާތުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ. ލައިޕްޒިގް ގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ޓީމަކުން ލީޑެއް ނުނެގިއެވެ.

ނަމަވެސް ދެވަނަހާފު ފަށައިގެން މާއިރުތަކެއް ނުވަނީސް ލިވަޕޫލުން ވަނީ ގޯލެއް ކާމިޔާބުކޮށް ލީޑު ނަގައިފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދީފައި ވަނީ ދެވަނަ ހާފުގެ ފަށައިގެން '53 ވަނަ މިނެޓުގައި އެޓީމުގެ ތަރި މުހައްމަދު ސަލާހު އެވެ. މި ގޯލާއިއެކު ލިވަޕޫލުން ދިޔައީ މެޗު ކޮންޓްރޯލު ކުރަމުންނެވެ. ނަތީޖާއަކަށްވީ 58 ވަނަ މިނެޓުގައި ގޯލެއް ކާމިޔާބު މެޗުގެ ލީޑު އިތުރަށް ފުޅާކުރި ހިސާބުންނެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ސާޑިއޯ މާނޭ އެވެ

މި ދެޓީމުގެ ދެވަނަ ލެގު ކުޅެވިގެންދާނީ މާރޗް 11 ގައި އެވެ. މިމެޗު ކުޅޭނީ ލިވަޕޫލް ގެ ސްޓޭޑިއަމް ކަމށްވާ އެންފިލްޑްގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ