
MV5BYTFjNWRlZjItZWRmMy00MjU3LWJhZDEtNWI1ZThmZmJlMjdjXkEyXkFqcGdeQXVyMTI0Njk3NzQ1._V1_
މީސްމީޑީއާގައި ވީޑިއޯތަށް މެދުވެރިކޮށް ރަނގަޅު މެސެޖްތަކެއް ދެމުން އަންނަ ޑަރމޭންގެ ވީޑިއޯތަކުން ފެނިގެންދާ ކާލް ޖޫޑީ މަރުވެއްޖެ އެވެ.

ކާލް ޖޫޑީ މަރުވިކަން ޑަރމޭން ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ. ހަމައެއާއި އެކު ޑާރމޭން ވަނީ ކާލްއަށް ޓްރިބިއުޓް ވީޑިއޯއެއްވެސް އާންމުކޮށްފައިއެވެ.
ޑާރމޭން ވަނީ ކާލް މަރުވުމާއި ގުޅިގެން އަސަރުގަދަ މެސެޖެއް ފޭސްބުކަށް ދޫކޮށްލާފައި އެވެ. އެގޮތުން ޑާރމޭންގެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި ކާލް އަކީ ޑާރމޭން ވީޑިއޯ ތަކުގެ އެއް ތަނބު ކަމަށާއި އޭނާ މަރުވުމަކީ ޑާރމޭން ވީޑިއޯތަކަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ. އަދި ކާލް އަކީ ހިތްތިރި އަދި ގިނަ ބަޔަކަށް މިސާލު ނަގަން ޖެހޭ މީހެއް ކަމަށްވެސް ޑާރމޭން ވަނީ ބުނެފައިއެވެ. އަދި އޭނާގެ ޖަނާޒާގެ ހުރިހާ ހަރަދެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޑާރމޭން ވަނީ އިއުލާންކޮށްފައެވެ.
ބޭރުގެ ބައެއް ރިޕޯޓުތަަށް ބުނާގޮތުގައި އޭނާ މަރުވީ ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އެހެން ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެކަން ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ޑާރމޭން ކުރި ޕޯސްޓުގައި އޭނާ ބުނެފައިވާ ގޮތުގައި ކާލް މަރުވީ ކޯމާގައި އޮތުމަށް ފަހު ހޭޖެހުނު ފަހުންނެވެ. އަދި ކާލްގެ އެންމެ ފަހު ވަގުތުތަށް އޭނާ ހޭދަކުރީ ޒޫމް މެދުވެރިކޮށް އޭނާގެ އަންހެނުންނާއި އެކުގައި އެވެ.
ޑާރމޭން ވަނީ ކާލްގެ އާއިލާއަށް އެހީތެރިވުމުގެ ގޮތުން ގޯ ފަންޑުގައި ފަންޑެއްވެސް ހުޅުވާފައިއެވެ.
ކާލް އަކީ ޑާރމޭންގެ ވީޑިއޯތަކަށް އިތުރު ފުރިހަމަ ކަމެއް ގެނައި އެކްޓަރެކެވެ. އެގޮތުން ޑާރމޭންގެ ގިނަ ވީޑިއޯ ތަކުން އޭނާ ފެނިގެން ގޮސްފައިވަނީ އެވީޑިއޯއެއްގެ އެންމެ ރަނގަޅު ބައި ރޯލުންނެވެ.