މާލެއާއި އައްޑޫގައި ކާފިއު ދަމަހައްޓައިފި

ކޮވިޑް-19 ގެ ހާލަތު ދުވަހަކަށް ވުރެ ދުވަހެއް ގޯސްވަމުންދާތީ މާލެ ސިޓީގައި އާއި އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަށް ދަމަހައްޓައިފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރުއްވި އެންގުމުގައި ބުނެފައިވާ ގޮތުގައި މާލެ ސަރަހައްދުގައި އިތުރު 14 ދުވަހަށް ވަނީ ކާފިއު އިއުލާނުކޮށްފި އެވެ. އަދި އައްޑޫ ސިޓީގައި ކާފިއު ހިންގުމަށް ނިންމާފައިވާ ނިންމުމުގެ މުއްދަތު އިތުރު ހަތް ދުވަހަށް ވަނީ އިތުރުކޮށްފައިއެވެ.

އެގޮތުން މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައި ވެއެވެ. އަދި ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނަލެވެ.

މާލެ ސަރަހައްދުގައި އިތުރަށް އަޅާފައިވާ ފިޔަވަޅު ތަކުގެ ތެރޭގައި ޕާކުތަކާއި މައިޒާންތަކަށް ޒިޔާރަތްކުރުން ހުއްޓައިލުމަށް އެ އެންގުމުގައި ވެއެވެ. އެހެންނަމަވެސް ކަސްރަތުކުރުމަށް ކަނޑައަޅައިފައިވާ ޕާކުތަކުގައި އެޗްޕީއޭއިން ކަނޑައަޅާ ގައިޑްލައިނާ އެއްގޮތަށް ކުރިޔަށް ގެންދިޔުމަށް އެދިފައި ވެއެވެ. މީގެ އިތުރުން ޔުނިވަރރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމާއި، އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓައިލުމަށް އަންގާފައި ވެއެވެ.

އަދި އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން ހިމެނެއެވެ. މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުމެއް ނުހިމެނެއެވެ. އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމާއި، ހުރިހާ ކުޅިވަރު ހަ ރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން. ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަަށްވެސް އެ ފިޔަވަޅުތަކުގައި ވެއެވެ. އަދި ފިހާރާތަކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުމާއި، ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކް ލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމުގެ އިތުރުން އަދި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލަންވެސް އަންގާފައި ވެއެވެ. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ.

މާލެ ސަހަރައްދުގައި ކޮވިޑްގެ ކޭސްތަށް ގިނަވާން ފެށުމާއި އެކު ކާފިއު އިއުލާން ކޮށްފައިވަނީ މިމަހުގެ ދެނަ ދުވަހު އެވެ. އަދި އައްޑޫގެ މުޖުތަމައު ތެރެއިން ބަލިފެނުމާއި އެކު އެސިޓީގައި ކާފިއު ފަށާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް